ކޮވިޑް-19 އާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުންދޭ ހިދުމަތްތަކަށް ބަދަލު ގެނެސްފިއެވެ.
މި ބަދަލުތައް ގެނަކަން ހާމަކޮށް އޭޑީކޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، އާންމުންގެ ރައްކާތެރިކަމަށާއި އަދި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުގެ ރައްކަލަށް ޓަކައި، ބަލިމަޑުކަން ފެތުރެމުންދާ ނިސްބަތަށް ބަލާ ތަފާތު ފިޔަވަޅުތައް މިގެންދަނީ އަޅަމުން ކަމަށެވެ.
އެގޮތުން، ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރު އިތުރުވަމުންދިއުމާ، އަދި ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ކަރަންޓީން ގައި ބައިތިއްބަން ޖެހުމާ ގުޅިގެން ހޮސްޕިޓަލުން ދޭ ޚިދުމަތްތައް ދިނުމަށް ބަދަލުތަކެއް ގެންނަން ވަނީ ނިންމާފައި ކަމަށެވެ.
އެ ހޮސްޕިޓަލުން މިގޮތުގެމަތިން ގެނައުމަށް ނިންމައިފައިވާ ބަދަލުތަކަކީ:
1- ހުރިހާ އޯޕީޑީ ކޮންސަލްޓޭޝަން ތައް އޮންލައިން އަށް ބަދަލުކުރުން
2- އިލެކްޓިވް ސާރޖަރީތައް މިވަގުތައް މެދުކަނޑާލުން
3- ބަލިމީހުން އެޑްމިޓްކުރުން މިވަގުތައް މެދުކަނޑާލުން
4- އެޑްމިޓްކޮށްފައިވާ ބަލިމީހުންނަން ޒިޔާރަތްކުރުން ހުއްޓާލުން
މަތީގައި ދެންނެވުނު ބަދަލުތަކާއެކުވެސް، ހޮސްޕިޓަލުގެ އިމަރޖެންސީގެ ޚިދުމަތްތަކާ، އިމަރޖެންސީގައި އެޑްމިޓްކޮށްގެން ދޭންޖެހޭ ޚިދުމަތްތަކާއި، ޑައިގްނޯސްޓިކް ޚިދުމަތްތައް ކުރިޔަށް ދާނެކަމަށް އޭޑީކޭ އިން ވިދާޅުވެއެވެ.




