އަންނަ އެޕްރީލް 10 ގައި ބާއްވަން ނިންމައިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ގައިޑުލައިނާ އެއްގޮތަށް ބާއްވަން ހޭދަވާ ވަގުތު އަންދާޒާ ކުރުމަށް ޑަމީ ވޯޓިން ކުރިއަށް ގެންގޮސްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިންތިހާބާބެހޭ މަރުކަޒުގެ ޓްރެއިނިން ހޯލްގައި ކުރިއަށް ގެންދިއަ މި ޑަމީ ވޯޓިން އަކީ ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންމެހާ ގައިޑުލައިނުތަކަކާއި އެއްގޮތަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އީސީ އިން މައުލޫމާތު ދެއެވެ.
އީސީ އިން ފޮޓޯ އާންމުކޮށްފައިވާ މި ހަރަކާތުން ފެއްނަނީ ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުން ފޭސް ޝީލްޑް، ފޭސް މާސްކް، އަދި އަންގި ލައްވައިގެން ތިއްބައެވެ. މީގެއިތުރުން ވޯޓުލުމަށް ވޯޓުލާ މަރުކަޒަށް އަންނަ ފަރާތްތަކުން ހުއްނަނީ ފޭސް މާސްކް އަޅައިގެންނެވެ.
HPA ge guideline aa ehgothah inthikhaabu bavvan heydhava vaguthu andhaaza kurumah kuriah gendha dummy voting Inthikhaaba behey marukazuge training hall gai kuriah dhanee pic.twitter.com/oGvapZbEPG
— Elections Commission (@ElectionsMv) January 30, 2021
އިންތިހާބު ބާއްވާ ދުއަސް އިއުލާން ކުރައްވަމުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އީސީ އިން ބުނީ އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ބާއްވަން ދަތިތަކެއް އެބަހުރި ކަމަށެވެ. އެ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ބާއްވަން، މިހާރު ކަނޑައަޅާފައިވާ ބަޖެޓަށް ވުރެން އިތުރު 44.9 މިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ.
އިންތިހާބުގައި 735 ވޯޓު ފޮށި ބަހައްޓާއިރު ރާއްޖެ އިން ބޭރުގެ ހަތަރު ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން އީސީ އިން ވަނީ ހަމަޖައްސައިފައެވެ. އެއީ ސްރީ ލަންކާ އާއި އިންޑިއާ އާއި މެލޭޝިއާ އާއި އިނގިރޭސިވިލާތުގައެވެ.