މަޔަކާއި ދަރިއަކު އެކުގައި މަރުވެފައި އޮއްވާ ފެނިއްޖެ

ނިއު ޔޯކް ސިޓީގައި، 95 އަހަރުގެ އަންހެނަކާއި އޭނަގެ 65 އަހަރުގެ ފިރިހެން ދަރިފުޅު އެކުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މި ދެމައިން މަރުވެފައި އޮއްވާ ފެނުނީ އެމީހުން ދިރިއުޅޭ އެޕާޓްމެންޓް ތެރެއިންނެވެ.

ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މަންމަ އާއެކު މަރުވެފައި އޮއްވާ ފެނިފައިވާ އޭނަގަ ފިރިހެން ދަރިއަކީ އެކްޓަރެކެވެ. އަދި ބެލެވޭ ގޮތުގައި އޭނަގެ މަރުވެފައިވާ މަންމަ އާއެކު އޭނާ މަރުވެފައި ވަނީ، ހާޓް އެޓޭކެއް ޖެހިގެން ކަމަށް އެމީހުންގެ އާއިލާއާއި ގާތްފަރާތްތަކުން ބުނެފައިވެއެވެ.

މި ދެމައިން މަރުވެފައި އޮއްވާ ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދަމު 02:30 ހާއިރު އެވެ. އަދި އަންހެންމީހާ މަރުވެފައި އޮތީ، ސޯފާއެއްގައެވެ. އަދި އޭނަގެ ދަރިފުޅު މަރުވެފައި އޮއްވާ ފެނުނީ އެނދުމަތީގައެވެ.

މަންމަ އެގްނެސްގެ ބަލި ހާލަތު މިދިޔަ މަސްތެރޭގައި އެހާ ރަނގަޅު ނޫންކަމަށް، އޭނަގެ އަންހެން ދަރިފުޅު އަދި މަރުވެފައި އޮއްވާ ފެނުނު ބޭބެ ވިލިއަމްގެ ކޮއްކޮ، ޖޫލިއާނާ މީޑީއާއަށް މައުލޫމާތު ދީފައިވެއެވެ.

މެޑިކަލް އެގްޒަމިނަރ އިން ހާމަކޮށްފައިވާ ގޮތުގައި، މަންމަ މީހާ މަރުވެފައި އޮންނަތާ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ވެދާނެއެވެ. އަދި ފިރިހެން ދަރިފުޅު މަރުވެފައި އޮންނަތާ ދެ ދުވަސް ވަރު ވެދާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ޖޫލިއާނާ ހާމަކުރިގޮތުގައި، އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން، މަންމަގެ ހާލަތު ރަނގަޅު ނޫންކަމަށް، އޭނަގެ ބޭބެ ވިލިއަމް އޭނައަށް އެންގިއެވެ.

އެހެންކަމުން، އޭނަގެ މަންމަގެ މަރަކީ ގުދުރަތީ މަރެއް ކަމަށް ޖުޅިއާނާ ބުނެފައިވެއެވެ. ނަމަވެސް ބޭބެ ވިލިއަމްގެ މަރުގެ ސަބަބުން ވަރަށް ބޮޑު ޝޮކެއް ލިބުނު ކަމަށާއި ނަމަވެސް ބެލެވޭ ގޮތުގައި ބޭބެ މަރުވީ ހާޓް އެޓޭކެއް ޖެހިގެންކަމަށް އެކަށީގެންވާ ކަމަށް ޖޫލިއާނާ ބުނެފައިވެއެވެ. ސަބަބަކީ، މީގެ ކުރިން އެމީހުންގެ ކޮއްކޮއެއްވެސް ހިތުގެ ބައްޔެއްގައި މަރުވެފައި ވާތީއެވެ.

ޖޫލިއާނާ ބުނިގޮތުގައި، އޭނަގެ ބޭބެ އޭނަގެ މަންމައާއެކު ޗިކާގޯއަށް ދިރިއުޅުން ބަދަލުކުރީ، އެކްޓިން ކެރިއާއިން އިތުރަށް ކުރިއަށް ދިއުމަށެވެ.

މިލިޔުން ކިޔާލުމުން
111151
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ