އަނުޝްކާ އާއި ވިރާތްގެ ދަރިފުޅު ދައްކާލައިފި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާ އަދި އިންޑިއާގެ މަޝްހޫރު އަދި މޮޅު ކްރިކެޓާ ވިރާޓް ކޮލީގެ އަންހެން ދަރިފުޅުގެ ފޮޓޯއެއް ދައްކާލައިިފިއެވެ.

މި ދެމަފިރިންނަށް އަލަތު ދަރިފުޅުގެ ފޮޓޯ އަނުޝާގެ މީސްމީޑިއާ އެކައުންޓުތަކުގައި މިއަދު ވަނީ ހިއްސާކޮށްފައެވެ.

އަނުޝްކާ އާއި ވިރާތް އަލަތު ދަރިފުޅު އުރާލައިގެން ހުރި މި ފޯޓޯއިން ފެނިގެންދަނީ ދެމަފިރިންވެސް ހިނުތުންވުމާއެކު ދަރިފުޅަށް ބަލަަހައްޓައިގެން ހުއްޓައެވެ. ނަމަވެސް ދަރިފުޅުގެ މޫނު ފޮޓޯއަކުން ނުފެނެއެވެ.

މިދިޔަ މަހު އަނުޝްކާ ވިހާފައިވާއިރު، މި ދެމަފިރިންގެ ދަރިފުޅުގެ ފޮޓޯއެއް ކަމަށްބުނެ މީސްމީޑިއާގައި ވަނީ "ފޭކް" ފޮޓޯއެއް ދައުރުކޮށްފައެވެ. ނަމަވެސް މި ދަރިފުޅުގެ ފޮޓޯ ނުނެގުމަށާއި އަދި ދައުރު ނުކުރުމަށް އެ ދެމިފިރިން މީގެ ކުރިން އެދިފައިވެއެވެ.

ދަރިފުޅާއެކު މި ދެމަފިރިން މިއަދު އާންމުކުރި މި ފޮޓޯގައި، ފޭނުންނާއި އާންމުން ފޮނުވި މަރުހަބާގެ މެސެޖުތަކަށާއި ދުއާތަކަށް މި ދެމަފިރިން ޝުކުރު އަދާކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ