އިންޑޮނޭޝިއާގައި އެއްޖިންސުން ގުޅުން ހިންގި ދެމީހުންގެ ގައިގައި ހައްދު ޖަހައިފި

އިންޑޮނެޝިއާގެ އާޗޭ ޕްރޮވިންސްގައި އިސްލާމްދީނުގެ ޤާނޫނާއި ހިލާފު ހަ މީހަކަށް އެންމެންގެ ކުރިމަތީގައި ހައްދުގެ އަދަބު ދީފިއެވެ. މީގެ ތެރޭގައި އެއް ޖިންސުން ގުޅުން ހިންގި ދެ ފިރިހެނުންގެ ގައިގައި ވަނީ ހައްދުޖަހައިފައެވެ.

އެ ގައުމުގެ އާންމުންގެ ކުރިމަތީގައި މި ދެ ފިރިހެނުންގެ ގައިގައި 77 އެތި ފަހަރުން ވަނީ ހައްދު ޖަހައިފައެވެ.

އިންޑޮނޭޝިއާގެ އާޗެ ޕްރޮވިންސަކީ، އިސްލާމް ދީނުގައި އަންގަވާފައިވާ ޤާނޫނު ތަންފީޒުކުރާ ހަމައެކަނީ މުސްލިމް ޕްރޮވިންސެވެ. އަދި މިއީ 2014 ވަނަ އަހަރު އެ ޕްރޮވިންސްގައި އެއްޖިންސުން ގުޅުން ހިންގުން މަނާ ކުރި ފަހުން ފެށިގެން މިގޮތަށް އެންމެންގެ ކުރިމަތީ ހައްދުގެ އަދަބު ދިން ތިންވަނަ ފަހަރެވެ.

މި މީހުންގެ ގައިގައި ހައްދު ޖަހާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އެގޮތުން އެމީހުންގެ ގައިގައި ހައްދުގެ އެތިފަހަރު ޖެހި މީހުން މޫނު ނުފެންނާނެހެން ފޮރުވައިގެން ހުރިއިރު، ހައްދުގެ އަދަބު ލިބުނު އެކަކު ވަނީ ރޮއެ އަދޭސްވެސް ކޮށްފައެވެ.

މީގެ އިތުރުން ދެން އަދަބު ލިބުނު އިތުރު ދެ މީހުން ވަނީ، ރާ ބުއިމުގެ ސަބަބުން 4 އެތިފަހަރުން ހައްދު ޖަހައިފައެވެ. އަދި އަނެއް ދެމީހުންގެ ގައިގައި 17 އެތިފަހަރުން ހައްދު ޖަހާފައިވަނީ، ކައިވެނި ކޮށްގެން ހުރެ ޒިނޭ ކުރުމުގެ ސަބަބުންނެވެ.

މިލިޔުން ކިޔާލުމުން
211
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ