މިއަދު އިންޑޮނޭޝިއާގެ ޕްލޯރެސް އައިލެންޑް ކައިރިން ޕްލޯރެސް ކަނޑަށް 7.3 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ގަޑިން މިއަދު ހެނދުނު 10:20 ހާއިރު އެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާރވޭއިން ބުނި ގޮތުގައި، އިންޑޮނޭޝިއާއަށް ބިންހެލުން އައިސްފައިވަނީ ކަނޑުގެ 18.5 ކިލޯމީޓަރު އަޑިންނެވެ.
މި ބިންހެލުމާއި ގުޅިގެން ބިން ހެލުން އައި ހިސާބާ 1،000 ކިލޯމީޓަރު ކައިރީގައިވާ ސަރަހައްދުތަކަށް ސުނާމީގެ ނުރައްކާތެރި ރާޅުގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ފުރަތަމަ ނެރުނު އިންޒާރުގައި ބުނެފައިވެއެވެ.
(ތަފްސީލު އަންނަނީ)