މޫސުން ގޯސްވެ ރޭ ކުރި ވިއްސާރައިގައި ދ. ކުޑަ ހުވަދޫގައި މަގުތަކުގައި ފެންބޮޑުވެެ، މީހުން ދިރިއުޅޭ ބައެއް ގެތަކަށް ގެއްލުންވެއްޖެއެވެ.
ދ. ކުޑަހުވަދޫގެ ކައުންސިލުގެ ރައީސް އަޙްމަދު ޝާމް "ފެށުން"އަށް ވިދާޅުވީ، ރޭ ކުރި ވިއްސާރާގައި އެ ރަށުގެ ގެތަކަށް ފެން ވަދެ ބައެއް ގެތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ.
ފެންބޮޑު ވުމުގެ ސަބަބުން ކުޑަ ހުވަދޫގެ ވަރަށް ގިނަ ގެތަކަށް ފެންވަދެފައިވާއިރު، ބައެއް ގެތައް ދިރިނޫޅެވޭ ވަރަށް ހަލާކުވެފައިވާ ކަމަށްވެސް ކައުންސިލުގެ ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ވަރަށް ގިނަ ގޭގޭގެ ފާހަނަ ނިޒާމަށް މައްސަލަ ދިމާވެފައިވާކަމަށް ޝާމް ވިދާޅުވިއެވެ.
ރަށުގެ މަގުތަކުންނާއި ގެތަކުން ފެން ހިންދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
Dh. Kudahuvadhoo ah rey kuri vissaaraagai erashuge baeh sarahahdhu thakugai fen boduvumaa gulhigen, fen hikkumuge masakkaiy MNDF Central Area Kudahuvadhoo Post ge sifain kuramun dhanee. pic.twitter.com/1ka2nyWe95
— Maldives National Defence Force (@MNDF_Official) February 3, 2021
އެމްއެންޑީއެފް ވިދާޅުވީ، ކުޑަ ހުވަދޫގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކުޑަހުވަދޫ ޕޯސްޓްގެ ސިފައިން ކުރަމުން ދާ ކަމަށެވެ.
ކުޑަ ހުވަދޫއަށް މިވަގުތު ވިއްސާރައިގެ އަސަރެެއް އަދި ނުކުރެއެވެ.