ބާޒާރު މަތީ ފިހާރައެއް | ފޮޓޯ: ފެށުން

މިއަދުން ފެށިގެން ފިހާރަތައް ހުޅުވާފާ ބަހެއްޓޭ ގަޑި ކުޑަކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކުގެ ދަށުން ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގަޑި ކުޑަކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވީ، 03 ފެބްރުއަރީ 2021 އިން ފެށިގެން، ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށް ކަމަށެވެ.

މިެގ އިތުރުން، ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަފަދަ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރަން ވާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ކޮވިޑް-19 ލޮކްޑައުންގައި ފިހާރަތައް ބަންދުކޮށް އަލުން ހުޅުވުމަށްފަހު ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގަޑިއަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ، 8 ނޮވެމްބަރު 2020 ގައެވެ. އެގޮތުން އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ފިހާރައް ހުޅުވާފައި ބެހެއްޓޭ ގަޑިއަކީ، ރޭގަނޑު 11:00 އެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް ފަހަކަށް އައިސް އިތުރުވެ، ހާލަތު ގޯސްވަމުން އަންނާތީވެ، އެޗްޕީއޭ އިން އިއްޔެ ވަނީ ކޮވިޑްގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެެ.

އެގޮތުން އިތުރަށް ހަރުކަށި ކުރި ކޮވިޑް ފިޔަވަޅުތަކުގެ ތެރޭގައި،

  • ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ
  • ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30 އަށް ކާފިއު ހިންގުން
  • ކުޅިވަރު ހަރަކާތްތަކާއި ޓީމު ހަރަކާތްތައް ހުއްޓާލުން
  • ޕާކުތަކާއި މައިދާންތަކަށް މީހުން ޒިޔާރަތް ކުރުން ހުއްޓާލުން
  • ޔުނިވާސިޓީ/ ކޮލެޖްތަކުގައި އޮންލައިންކޮށް ކިޔަވައިދިނުން
  • ޕްރީ ސްކޫލްތަކާއި ޑޭކެއާ ސެންޓަރުތައް ބަންދު ކުރުން

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭ އިން ވަނީ މި ފިޔަވަޅިތައް އިތުރަށް ވަރުގަދަކޮށް، އެކަމާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ