އެއް ހަފްތާތެރޭ ހުޅުމާލެއިން 19 ޓަނުގެ ކުނި ނަގައިފި

ހުޅުމާލެ ސާފުކުރުމަށް ކުރިއަށް ގެންދިޔަ "ސާފު ހުޅުމާލެ" ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން 19 ޓަނުގެ ކުނި ނަގައިފިކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ވިދާޅުވެއްޖެއެވެ.

މިއީ އެންމެ ހަފްތާއެއްގެ ތެރޭ އެޗްޑީސީގެ ޓީމުން ހުޅުމާލެއިން އެއްކޮށްފައިވާ ކުންޏެވެ. އެގޮތުން އެޗްޑީސީން ވިދާޅުވީ،19 ޓަނުގެ ކުނި ހުޅުމާލެއިން ނަގާފައިވަނީ މިދިޔަ ހަފްތާތެރޭ ކަމަށެވެ.

"ސާފު ހުޅުމާލެ" ޕްރޮގްރާމްގެ ތެރެއިން މީގެ ކުރިން ވަނީ އެންމެ ދެ ގަޑިއިރު ތެރޭގައިވެސް 18 ޓަނުގެ ކުނި ނަގާފައެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެކިއެކި މުއައްސަސާތަކާ ގުޅިގެން "ސާފު ހުޅުމާލެ" ޕްރޮގްރާމް ފަށައިފައިވަނީ، މިދިޔަ އަހަރުެގ ޑިސެމްބަރު މަހުގެ 19 ގައެވެ.

އާއްމު ތަންތަނަށް ކުނި އެޅުމާއި ޑަސްބިންތައް ބަހައްޓާފައި ހުންނަ ތަންތަނުގައިވެސް ޑަސްބިނަށް ކުނިއެކުޅުމުގެ ބަދަލުގައި އެކިތަންތަނަށް އާންމުން ކުނި އުކުމަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ