ވެމްކޯއިން ހުޅުމާލެ ކުނިކަހާނެ 50 ދިވެހިން ހޯދަނީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މާލެ އަދި ވިލިމާލޭގައި ފޯރުކޮށްދެމުންދާ މަގުތަކާއި އާންމު ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް، ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި ފެއްޓުމަށް ނިންމައިފިއެވެ.

މި ފެށޭ މެއި މަހުގެ ތެރޭގައި ހުޅުމާލޭގެ މަގުތަކާއި އާންމު ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތާއި ވެމްކޯއިން ހަވާލުވުމަށް ނިންމާފައިވާއިރު، ހުޅުމާލޭގެ އާންމު ސާފުތާހިރުކަން ކަށަވަރުކުރުމަށްޓަކައި، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ސަމާލުކަން ދޭންވީ ކަންކަން:

  • ވެމްކޯގެ ކުނި އުކާލުމުގެ ޙިދުމަތަށް ރެޖިސްޓަރ ނުކޮށްހުރި ގޭބިސީތަކުން ވީއެންމެ އަވަހަކަށް ރެޖިސްޓްރޭޝަން ފުރިހަމަކުރުން
  • ކެފޭ، ހޮޓާ އަދި އެހެނިހެން ވިޔަފާރިތަކުން އުފެދޭ ކުނި އުކާލުމަށް ވެމްކޯގެ ޚިދުމަތަށް ރެޖިސްޓަރ ކުރުން
  • ބޮޑެތި އަދި ބަރު ކުނި އުކާލުމަށް ވެމްކޯގެ ކޯލް އެންޑް ޕިކަޕް ސާރވިސް (CAPS) ޚިޔާރުކުރުން
  • ރެޖިސްޓަރ ނުކޮށް މަގުތަކަށް ކުނި ނެރެމުންދާ ފަރާތްތަކުން މިފަދަ އަމަލުތައް ވަގުތުން ހުއްޓާލުން
  • ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓިފައި ހުރި ޑަސްބިންތަކަށް ދުވަހު ކުންޏާއި އަދި ބަރުކުނި އަޅަމުންދާ ފަރާތްތަކުން މިފަދައިން އަމަލުނުކުރުން

ހުޅުމާލޭގެ ވެށީގެ ސާފުތާހިރުކަން ޤާއިމްކުރުމަށް ވެމްކޯއިން އަލަށް ފައްޓާ މިޚިދުމަތަށް ހުޅުމާލޭގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ހޫނު ތަރުހީބަކާއި އެއްބާރުލުމެއް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވެމްކޯއިން ވިދާޅުވިއެވެ.

މި މަސައްކަތަށް ބޭނުންވާ 50 ދިވެހި މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް ވެމްކޯއިން ވަނީ ފަށާފައެވެ. އެގޮތުން މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2022 މެއި 09 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) އެޕްލިކޭޝަން ހުށަހެޅުއްވުމަށް ވެމްކޯއިން އެދިލައްވައެވެ. ވެމްކޯއިން ވިދާޅުވީ، ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުށަހަޅާ ތަރުތީބުން ފުރަތަމަ 100 (ސަތޭކަ) އެޕްލިކޭޝަން ފޯމް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
4 ދުވަސްކުރިން
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް
4 ދުވަސްކުރިން
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން