ކޮވިޑް-19 ހެ ހާލަތު ގޯސްވަމުން އަންނާތީވެ، ބަލިން ރައްކާތެރިވ ތިބުމަށް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ހިދުމަތްތަކަށް ބަދަލު ގެންނަން ނިއްމައިފިއެވެ.
ބީއެމްއެލް އިން ވިދާޅުވީ، 7 ފެބްރުއަރީ 2021 އިން ފެށިގެން ބީއެމްއެލްގެ ބައެއް ޚިދުމަތްތައް ދިނުމަށްވަނީ ބަދަލުގެނެވިފައި ކަމަށެވެ. އެގޮތުން ބަދަލު ގެންނައުމަށް ހަމަޖެހިފައިވާ ޙިދުމަތްތަކުގެ ތެރޭގައި، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން (ޓީޓީ/އެލްސީ)ގެ ހިދުމަތް ހެނދުނު 11:00ގެ ކުރިން ހުށަހެޅުމުން އެދުވަހު ޕްރޮސެސް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި 11:00ގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސް ކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހަކުއެވެ.
ޕޭރޯލް(މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން)ގެ ހިދުމަތް، ބީއެމްއެލް ޗެކް ޕްރޮސެސްކުރުން އަދި ލޯކަލް ބޭންކް ޓްރާންސްފާގެ ހިދުމަތް މެންދުރު 12:00ގެ ކުރިން ހުށަހެޅުމުން އެދުވަހު ޕްރޮސެސް ކުރާނެއެވެ. އަދި 12:00ގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސް ކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހަކުއެވެ.
މީގެ އިތުރުން، އެހެން ބޭންކުތައް މެދުވެރިކޮށް ޗެކް ޕްރޮސެސް ކުރާއިރު، ހެނދުނު 11:00ގެ ކުރިން ޖަމާ ކުރާ ކްލިއަރިން ޗެކްތައް އެދުވަހު ޕްރޮޮސެސް ކުރާއިރު 11:00 ކުރިން ޖަމާ ކުރާ ޗެކުތައް ޕްރޮސެސް ކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހަކުއެވެ.
ބީއެމްއެލް އިން ވިދާޅުވީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭންކުގެ މުވައްޒަފުން ޝިފްޓް ޑިއުޓީ އާއި ވަކިވަކި ޓީމް ތަކަށް ބަހާލައި އަދި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް މިވަނީ ހަމަޖައްސާފައިކަމަށެވެ.
މާލެ ސިޓީގައި ގާއިމްކޮށްފައިވާ ބްރާންޗްތަކާއި ސަރވިސް ސެންޓަރ ތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިން ޓޯކަން އަށެވެ. ބޭންކިންގ ހިދުމަތްދޭ ދުވަސްތަކުގައި ހެނދުނު 08:00 އިން މެންދުރު 12:00 އަށް ކިއުބް އެޕް މެދުވެރިކޮށް އޮންލައިން ޓޯކަން ލިބޭނެއެވެ. އެކައުންޓް އޯޕްނިންގ ސެންޓަރ، ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރ މެދުވެރިކޮށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް މެދުވެރިކޮށެވެ. ކަސްޓަމަރުންނަށް އެޕޮއިންޓްމަންޓް ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދިހުށަހެޅޭނެއެވެ.
މިދުވަސްވަރު ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިންގ ހިދުމަތް ހޯއްދެވުމަށް ބީއެމްއެލް އިން އިލްތިމާސްކުރެއެވެ.




ހިޔާލު
ވަގު ބޭންކު.ގާނޫނު ބަދަލު ކޮށްގެން ވިޔަސް ބޭންކު އޯވަހޯލް ކުރަން ޖެހޭ.