އިންޑިއާ ރަހަތަަކަށް ހާއްސަ ޕްރިޔަންކާގެ ރެސްޓޯރެންޓެއް ނިއުޔޯކްގައި!

ހޮލީވުޑްގައި މިހާރު ފައިތިލަ ސާބިތުކުރަމުން އަންނަ ކުޅަދާނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ އަމިއްލަ ރެސްޓޯރެންޓެއް ނިއު ޔޯކް ސިޓީގައި ހުންނަކަން ފަހަރުގައި ބައެއް މީހުންނަށް ނޭނގިދާނެއެވެ. މި ރެސްޓޯރެންޓަކީ، އިންޑިއާގެ ރަހަތަކަށް ހާއްސަ ރެސްޓޯރެންޓެކެވެ.

"ސޯނާ"ގެ ނަމުން ނަން ދީފައިވާ މި ރެސްޓޯރެންޓް ނިއު ޔޯކުގައި ހުޅުވީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އަދި މި ރެސްޓޯރެންޓް ހުޅުވިފަހުން، ފުރަތަމަ ފަހަރަށް ޕްރިޔަންކާ މިވަނީ މި ރެސްޓޯރެންޓަށް ދާދިފަހަކުން ޒިޔާރަތްވެސް ކޮށްފައެވެ.

މީގެ ހަ ދުވަސްކުރިން އިންސްޓަގްރަމްހައި ހިއްސާކުރި ޕޯސްޓެއްގައި ޕްރިޔަންކާ ވަނީ މިކަން ހާމަކޮށްފައެވެ. ސޯނާ ރެސްޓޯރެންޓް ހުޅުވިތާ ހަތަރު ވަރަކަށް މަސްފަހުން އެ ތަނަށް ޕްރިޔަންކާ ޒިޔާރަތް ކުރިއިރު، އޭނާއަށް ކުރިން އެތަނަށް ނާދެވުނީ، މަސައްކަތުގައި ގިނަ ދުވަހު ލަންޑަންގައި އުޅެން ޖެހުމުގެ ސަބަބުންނެވެ.

އެންމެފަހުން އޭނަގެ އަމިއްލަ ރެސްޓޯރެންޓަށް އާދެވުމުން، އޭނާ ވަނި އުފަލުން އެވާހަކަ ހިއްސާކޮށް، ޝުއޫރުތައް ފާޅުކޮށްފައެވެ. އެގޮތުން ރެސްޓޯރެންޓުގައި އިނދެ ނަގާފައިވާ ފޮޓޯތައް ހިއްސާކޮށް، ޕްރިޔަންކާ ބުނީ، ތިން އަހަރުގެ ޕްލޭނިންއަށްފަހު އެތަން ހުޅުވުމުގައި މަސައްކަތް ކުރި އޭނަގެ ޓީމުގެ ހުރިހާ މީހުން ފެނުމުން ވަރަށް އުފާވެފައި ހުރި ކަމަށެވެ.

އެމެރިކާއަށް އެނބުރި އައުމަށްފަހު، ޕްރިޔަންކާ ވަގުތު ހޭދަކުރަމުން އަންނަނީ އާއިލާއާއެކުއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ