ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ހަރުކަށި ފިކުރު އެންމެ ބޮޑަށް ފެތުރުނީ ޖަލުތަކުގައި އެފަދަ ފަރާތްތަކާ އެހެން ގައިދީންނާ މަސްހުނިވުން - އިމްރާން

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެން ދިމާވާ އެންމެ ބޮޑު ސަބަބަކީ އެފަދަ މައްސަލަތަކުގައި ޖަލަށް ލެވޭ މީހުންނާއި އެހެން ގައިދީންނާ މަސްހުނިވެ، ޖަލުތަކުގައި އެފިކުރު ފެތުރުންކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް، އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ މާފުށީ ޖަލުގެ ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރެއްވި ޓްވީޓެއް ރިޓްވީޓް ކުރެއްވުމަށްފަހުއެވެ.

"ރާއްޖޭގައި ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން ފުޅާކޮށް ފެތުރެން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ހަރުކަށި ފިކުރާ ގުޅުންހުރި މައްސަލަތަކުގައި ޖަލުގައި ބަންދުކުރެވޭ މީހުންނާ އެހެން ގައިދީންނާ މަސްހުނިވެ ޖަލުތަކުގައި އެފިކުރު ފެތުރުން" މިނިސްޓަރުގައި ޓްވީޓުގައި ވިދާޅުވިއެވެ.

މީގެއިތުރުންވެސް މިނިސްޓަރު ވިދާޅުވީ މާފުށީ ޖަލުގައި ހުޅުވިގެން ދިޔަ ސްޕެޝަލް މެނޭޖްމަންޓް ޔުނިޓުގެ ސަބަބުން ހަރުކަށި ފިކުރަށް ނިސްބަތްވާ ގައިދީން، އެހެން ގައިދީންނާ ވަކިކުރެވި، އެފަރާތްތައް ރިހެބިލިޓޭޓްކުރުމަށް މަގުފަހިވެގެންދާނެކަމުގައެވެ. އަދި މިއީ އެފިކުރުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއްކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ދީނުގެ ނަމުގައި ހައްދުފަހަނައަޅައިދިއުން ނުވަތަ ހަރުކަށި ފިކުރުގެ ފަރާތްތަކުން ބައެއް ކަންތައްތައް ހިންގާ، އެފިކުރު ފެތުރުމަށްޓަކައި މަސައްކަތްކުރަމުންދާކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން، ތ. ތިމަރަފުށީގައި އެފިކުރަށް ނިސްބަތްވާ ބަޔަކު ހަމަލާއެއް ދޭން އުޅުންކަން، ވަރަށް ފަހުން ފުލުހުންވަނީ ހާމަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ