މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި އެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ތިނަދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
"ޖޫން 10 ވަނަ ދުވަހުގެ 14:07 ހާއިރު ހިންގި މިއޮޕަރޭޝަނުގައި ތިނަދޫ މަގުމަތިން މިމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްްހުރި ސެލޯފިންކޮޅެއް ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާއިރު، ގއ އަތޮޅުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުންނާ ފިލަން މޫދަށް ފުންމާލައިގެން ފަޅުރަކަށް އަރާ ފިލާ އޮތް މީހަކުވެސް ހައްޔަރުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.



