މިއަދު މި ޖެހުނީ ހަތަރުދަމު ބޮނޑިތާން އަޅަން އިންނަން - ދިޔާނާ

މިއަދު ހަތަރުދަމު ޖާބިރުގެ ހަށިކޮޅުގައި ބޮނޑިތާން އަޅަން އިންނަން ޖެހިފައިވާކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުފައިވާއިރު، މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން އަޑުގަދަކުރެއްވުމުން ޖާބިރުގެ ނަން އިއްވާ، މަޖިލީހުގެ ތަޅުމުން ވަނީ ބޭރުކޮށްލާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުމަށްޓަކައި މިއަދު ބޭއްވި މަޖިލީހުގެ ތެރޭގައި އަޑުގަދަކުރެއްވުމަށް ކާށިދޫ ދާއިރާގެ މެންބަރު ނެރެލެއްވުމާ ގުޅިގެން، ޓްވިޓަރގައި ދިޔާނާ ވިދާޅުވީ ނަން އިއްވުމަކީ މައްސަލައެއް ނޫންކަމަށާއި އެހެންނަމަވެސް، ހޭއަރުވާލާނެކަމަށް ބުނެ ކުދިންކޮޅެއް ނެރެގެން ތެޅުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމުގައެވެ.

ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން، ކުރިން ސާކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ފުރުއްވި ދިޔާނާ ވިދާޅުވެފައިވަނީ ޖަލްސާއަށް ފަހު ޖާބިރު ގެއަށް ވަޑައިގެންނެވިއިރު އޭނާގެ ހަށިކޮޅުގައި ޒަޚަމްތައް ފެންނަން ހުރިކަމަށާއި، މަޖިލީހުގެ އިދާރާގެ ތެރެއިން ބަޔަކު ހަމަލާދިންކަމަށް ޖާބިރު ވިދާޅުވިކަމަށެވެ.

މީގެއިތުރުންވެސް ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ދިޔާނާ ވިދާޅުވެފައިވަނީ އަނިޔާކުރި ބައެއް ފަރާތްތަކުގެ ނަންތައް ޖާބިރު ވިދާޅުވިކަމަށާއި އަދި އިސް ބޭފުޅަކު ޖާބިރާ ދިމާއަށް "ހޭއަރުވާލާނެ" ކަމަށް ބުނިކަމަށެވެ.

ދިޔާނާ ވަނީ، އަނިޔާތަކާއެކު ޖާބިރު ގޭގައި އޮންނެވި ފޮޓޯއެއްވެސް ޓްވިޓަރގައި އާއްމުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ