ޕޮޒިޓިވް އިތުރު ކޭސްތަކަކާއެކު، ހުޅުދޫމީދޫއަށް އަރައިފޭބުން މަނާކޮށްފި

ކޮވިޑް-19ގެ ޕޮޒިޓިވް އިތުރު ކޭސްތަކަކާއެކު، ހުޅުދޫމީދޫއަށް އަރައިފޭބުން މަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، އެރަށް މޮނިޓަރިންއަށް އަށް ލާފައިވަނީ މިއަދު ހަތަރު މީހަކު އެރަށުން ކޮވިޑު-19 އަށް ޕޮޒިޓިވް ވެގެންކަމަށެވެ.

މިއަދު ޕޮޒިޓިވްވި ހަތަރު މީހުންނަކީ ކުރިން އެރަށުން ޕޮޒިޓިވްވި ދެ މީހުންނާ އެއްސައިޓެއްގައި މަސައްކަތްކުރާ ބައެކެވެ.

މީގެ ހަފްތާއެއް ކުރިން އެރަށުގެ ބަނދަރު ސަރަހައްދުގައި ހުންނަ އެމްޓީސީސީ ސައިޓުގައި މަސައްކަތްކުރާ ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވިނަމަވެސް އެސައިޓްގައި ކޮންޓެކްޓެއް ނެތްކަމަށް ނިންމައި އެ ދެމީހުންނާ ގުޅިގެން އިތުރު ބަޔަކު ކަރަންޓީން ކުރެވިފައިނުވާކަމަށްވެސް އެޗްޕީއޭއިންވަނީ ވިދާޅުވިއެވެ.

އެހެންކަމުން އެރަށުން މިއަދު ޕޮޒިޓިވްވެފައިވާ މީހުންނަކީ ކަރަންޓީނުގައި ތިބި ބައެއް ނޫނެވެ.

އެސައިޓްގައި ޖުމްލަ 60 ބިދޭސީން މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

ހުޅުމީދޫ މޮނިޓަރިންއަށް ލާފައިވަނީ އެ ކޭސްތަކާއި ގުޅިގެން ކޮންޓެކްޓްރޭސިންގެ މަސައްކަތް ނިމެންދެނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ