ހއ. ދިއްދޫ

ދިއްދޫ އިން ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހއ. ދިއްދޫ އިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ހޯމް ކަރަންޓީންގައި ހުރި ދެ މީހުންނެވެ.

ދިއްދޫ ކައުންސިލުން ވަނީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ކޮވިޑް-19 ބައްޔަށް ފައްސިވެފައިވާތީ، އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެންނަވާފައެވެ.

ދިއްދޫ ކައުންސިލުން ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތްތައް ކަރަންޓީންގައި ތިބީ އެރަށު ނޫވިލް ގޭގައެވެ.

ދިއްދޫ ކައުންސިލުން ވަނީ ހޯމް ކަރަންޓީނުގައި ތިއްބަވާ ފަރާތްތަކާ ބައްދަލުކުރުމަށް އެތަންތަނަށް އެއްވެސް ބޭފުޅަކު ނުދިއުމަށާއި ކަރަންޓީނުގައި ތިއްބަވާ ފަރާތްތަކުގެ ޝަރޫރީ ބޭނުންތައް ފުރިހަމަކޮށްދިނުމުގައި އެހީތެރިވެލައް ބޭފުޅުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް ދަންނަވާފައެވެ.

ދިއްދޫގެ އިތުރުން އައްޑޫ ސިޓީ ހުޅުމީދޫންވެސް މިއަދު ވަނީ ކޮވިޑް-19 އަށް 4 މީހަކު ޕޮޒިޓިވް ވެފައެވެ. މިއަދު އެރަށުން ޕޮޒިޓިވްވި މީހުންނަކީ ކުރިން އެރަށުން މި ބައްޔަށް ޕޮޒިޓިވް ވި މީހުންނާއި ކޮންޓެކްޓް ވެފައިވާ ބައެއްކަމުން އެރަށް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށްވެސް ގެނެސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ