ހުޅުމާލެ ޖަލުން 31 ގައިދީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވީ، ގައިދީންނާއި ސްޓާފުން ހިމެނޭ ގޮތަށް ނެގުނު 112 ސާމްޕަލްގެ ތެރެއިން 31 ސާމްޕަލް ވަނީ ޕޮސިޓިވްވެފައިވާކަމަށެވެ.
އެސެންޓަރުން މަޢުލޫމާތު ދީފައިވާ ގޮތުގައި ޕޮޒިޓިވްވި 31 މީހުންނަކީ ޤައިދީންނެވެ. މީގެއިތުރުން ހުޅުމާލެ ޖަލުން ޕޮސިޓިވްވި މީހުންތައް އެކަހެރިކުރެވި އަދި ކޮންޓެކްޓުވި މީހުން ކަރަންޓީންކުރެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.
ހުޅުމާލެ ޖަލުން ސާމްޕަލް ނަގައި ޓެސްޓްކޮށްފައިވަނީ އަލާމާތްތައް ހުރި ގައިދީއަކު 1 ފެބްރުއަރީގައި އެޖަލުން ފެނިގެންނެވެ.
މީގެކުރިންވެސް ހުޅުމާލެ ޖަލުން ޤައިދީއަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ހުޅުމާލެ ޖަލުން ފުރަތަމަ ގައިދީއަކު ޕޮޒިޓިވްވެފައިވަނީ ފެބްރުއަރީ ދެ ވަނަ ދުވަހުއެވެ. އުމުރުން 56 އަހަރު އެ ޤައިދީ ޕޮޒިޓިވްވުމާއެކު އެ ޖަލު ވަނީ ފުރަބަންދު ކޮށްފައެވެ. އަދި ފަހުން އޭނާ ކަރަންޓީން ފެސިލިޓީއަކަށް ބަދަލުކުރެވުނެވެ.



