އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ޖިންސީ ކުށުގެ 7 ދައުވާގެ ޝަރީއަތް ފަށަނީ

ކުރީގެ ޓޫރިޒަމް މިނިސްޓަރުއަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ޖިންސީ ކުށުގެ 7 ދައުވާގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓްގައި ތާވަލު ކޮށްފި އެވެ.

ކްރިމިނަލް ކޯޓްގައި މި ދައުވާތަކުގެ ޝަރީއަތް ފެށުމަށް ތާވަލު ކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 1:30 ގައެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއްކޮށްފައިވާއިރު، އޭގެ ތެރޭގައި ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާވެ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރާ 7 ދައުވާ:

  • 1. ޖިންސީ ކުށުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
  • 2. ޖިންސީ ކުށުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ
  • 3. ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
  • 4. ޖިންސީ ކުށުގެ ގާނޫނު ގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
  • 5. ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ
  • 6. ގާނޫނުލްއުގޫގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ

ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެންނެވި ރޭ ނޫސްވެރިންނާއި ބައްދަލްކުރައްވާ އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ބަޔަކު ރާވައިގެން ފަތުރާފައިވާ ތުހުމަތުތަކެއް ކަމަށާއި އެއީ އޭނާއާ ދެކޮޅަށް ހިންގި ބޮޑު ޖަރީމާއެއް ކަމަށެވެ.

އަލީ ވަހީދު މަގާމުން ވަކިކުރީ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭތީ އެވެ. އެ މައްސަލާގައި އަލީ ވަހީދު ވަޒީރުކަމުން އިސްތިއުފާދެއްވުމަށް ރައީސް ސޯލިޙް އެންގެވިނަމަވެސް އެކަމާއި ދެކޮޅު ހެދުމުން އޭނާ މަގާމުން ވަކި ކޮށްފައި ވަނީ ޖުލައި ނުވަ ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ