އެމްޕީއެލް: ފޮޓޯ- ސަން އޮންލައިން

އެމްޕީއެލްގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް، އެކަކުގެ ހާލު ސީރިއަސް

މޯލްޑިވްސް ޕޯޓް ލިމިޓެޑް(އެމްޕީއެލް)ގެ މާލެ ބަނދަރުގަައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މަޖޫރީއަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 28 އަހަރުގެ، ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އިމްރާން ޢަލީއަށެވެ. އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭނާގެ ހާލު ސީރިއަސް ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އިމްރާންގެ ދެފައި ބިނދި، އޭނާއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.

މިކަމާއި ގުޅޭގޮތުން ސުވާލުކުރުމުން އެމްޕީއެލްއިން މިހާތަނަށް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

އައިޖީއެމްއެޗް އިން މައުލޫމާތު ދިންގޮތުގައި، މިވަގުތު އޭނާ ވަނީ ސާޖަރީ ކުރުމަށް އޮޕަރޭޝަން ތިއާޓާ އަށް ވައްދާފައެވެ. އަދި ލިބިފައިވަނީ ކޮންކަލަ އަނިޔާތަކެއް ކަމެއް އަދި ނޭނގޭ ކަމަށް އައިޖީއެމްއެޗް އިން މައުލޫމާތު ދިނެވެ.

މާލޭ ބަނދަރުގަައި ހިނގި އެކްސިޑެންޓެއްގަައި ޓާފް ރޯލެއް ދަށުގެ ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ލިބުނުއިރު، ދާދި ފަހުން އެ ބަނދަރުގަައި ބިއްލޫރި ޕަލެޓެއް ދަށުވެ ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
4111201
ގުޅުންހުރި ލިޔުންތައް

2 Responses

  1. ماهي

    شفاكالله

  2. ހުޝާމް

    އެމްވީ ކުރައިސިސްގަ ޖަހާލާ އިރައް ހަގީގަތް ނުބަލަ ހަބަރު ނުލިޔެބަލަ.
    އޭނަ ހާލު އިރާދަކުރައްވީތި ރަނގަޅު.
    މިހާރު މިހާރަށް ހަބަރު ނެގުމަށް އެދެން

    24
    6
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ