ރައީސް މަޢުމޫނާމެދު އުފުލާފައިވާ ދަޢުވާގައި ދޮގު ހަދަނީ ޖާބިރުކަމަށްވާނަމަ، ހުރިހާ ހެޔޮކަމެއް ޝެއިޚް ޢަލީ ޒައިދަށް ދީފިކަމުގައި ޖާބިރުގެ އަނބިކަނބަލުން ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ ބަޔާން އިއްވުމަށް އިއްޔެ ބޭއްވި ޖަލްސާގައި ދިޔާނާގެ ފިރިކަލުން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އަޑުގަދަ ކޮށް މަޖިލިސް ދޫކުރައްވާ ނިކުމެވަޑައިގެން މައްސަލާގައި ޒައިދު ރައްދު ދެއްވުމުންނެވެ.
އެގޮތުން އިއްޔެގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަން ފެށުމާއެކު ޖާބިރު ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރަންފަށާފައެވެ. ޖާބިރު ކީއެއްޗެއް މާސާފު ނުވިނަމަވެސް އޭނާގެ އަތުން ނަގާފައިވާ ފައިސާތަކެއް ނުދިންކަމަށް ތުހުމަތު ކުރެއްވި ވާހަކައެއް ޖާބިރު ވަނީ ދައްކާފައެވެ.
ޖަލްސާގައި އަޑުގަދަ ކުރައްވަމުން ރިޔާސަތާ ދިމާލަށް ދާން ތެދުވުމުން އެމްޑީޕީގެ މެންބަރުން ވަނީ އޭނާއަށް ހުރަސްއަޅާފައެވެ. އަދި ޖާބިރު އާއި އޭނާގެ އަނބިކަނބަލުން ވަނީ އެމްޑީޕީގެ މެންބަރުން ޖާބިރުގެ ގަޔަށް އައްލާ އޭނާއަށް އަނިޔާ ކުރިކަމަށް ތުހުމަތު ކޮށްފައެވެ.
މިކަމާގުޅިގެން ދިޔާނާ ވިދާޅުވެފައި ވަނީ ނަން އިއްވުމަކީ މައްސަލައެއް ނޫންކަމަށާއި އެހެންނަމަވެސް، ހޭއަރުވާލާނެކަމަށް ބުނެ ކުދިންކޮޅެއް ނެރެގެން ތެޅުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.
ދިޔާޔާގެ މި ވާހަކަތަކަށް ރައްދު ދެއްވައި ޝެއިޚް ޒައިދު ވިދާޅުވީ އައުގުރާނަ ކިޔުންވެސް ރަނގަޅު ނޫންކަމަށެވެ. އެއާއެކު ދިޔާނާ ވިދާޅުވީ ތެދެއްކަމަށާއި، ހުތުރު ބަސް ބޭނުން ކުރާ މީހުން ނެރުން ރަނގަޅު ކަމަށާއި ނަމަވެސް ޖެހުން ރަނގަޅު ނޫންކަމަށެވެ.
ޒައިދުއަށް ރައްދު ދެއްވައި ދިޔާނާ ވިދާޅުވީ ޝެއިޚް ޒައިދުއާއި އަޅުގަނޑަކީ ހިސާބުބައްލަވާ ދުވަހެއް އޮތްކަމަށް އީމާންވާ ބައެއްކަމަށާއި ރައީސް މަޢުމޫންއާއި މެދު ޖާބިރުގެ ދަޢުވާއާއި އެކަމުގައި ދެން ޝާމިލްވި ޤައުމުގެ ވެރިންނާމެދު އުފުއްލަވާ ޝިކާޔަތުގައި ދޮގު ބުނަނީ ޖާބިރުކަމަށް ވާނަމަ އަޅުގަނޑުގެ ހުރިހާ ހެޔޮކަމެއް ޒައިދުއަށް ދީފިކަމަށެވެ.
"މިކަމުގައި ތެދު ހައްދަވަނީ އެބޭފުޅުންކަމަށާއި ދޮގުހައްދަވަނީ ޖާބިރުކަމަށް ޝެއިޚް ޢަލީ ޒައިދުއަށް ޔަގީން ކުރެއްވޭނަމަ މަނިކުފާނުގެ ހުރިހާ ހެޔޮކަމެއް ނުވަތަ އެއްބައިވިޔަސް އަޅުގަނޑަށް ދެއްވާ" ދިޔާނާ ވިދާޅުވެފައިވެއެވެ.
ދިޔާނާ ވަނީ ކަށަވަރުކަން އޮތްނަމަ ފަސްޖެހިވަޑައިނުގެންނެވުމަށް ޝެއިޚް ޒައިދަށް ވިދާޅުވެފައެވެ.




ހިޔާލު
Jabir ah meehakah ehcheh dheynee kihineh thoo jabir ehakah dhuvahu saragey athun loabeh negi kurine oi sharing vs nudhahkaa