ރާއްޖޭގެ ސްކޫލެއްގައި ކްލާސްރޫމްގެ މުށީތައްމަތީގައި ނާސްތާދިން މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަން ފަށައިފިއެވެ.
"ދަރިވަރުންގެ ނާސްތާ" ޕްރޮގްރާމަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަން ފަށާފައި މިވަނީ، ރާއްޖޭގެ ކްލާސްރޫމެއްގެ މުށިތައް މަތީގައި ކަރުދާސްގަނޑެއް ބާއްވައި، އޭގެ މަތީގައި ކިރުޕެކެޓާއި، ސޭންޑްވިޗް ފަދަ ކާބޯތަކެތި އަތުރައިގެން ދަރިވަރުންނަށް ނާސްތާދޭ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވާން ފަށާފައިވަނިކޮށެވެ.
މިކަމަށް ފާޑުވިދާޅުވެ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެންބަރު މުޙައްމަދު ޝަކީލް ވިދާޅުވީ، "ގެރިބަކަރިއަށް ކާންދޭގޮތަށް ޅަ ދަރިންނަށް ކާންދީ، މިދަރަޖައަށް ޤައުމު ވައްޓާލިއިރުވެސް "ނާސްތާ" ގެ ނަމުގައި އަތްޖަހާ ބަޔަކު ހަމަ އަތްޖަހަން ތިބޭނެ" ކަމަށެވެ.
ނާސްތާ ޕްރޮގްރާމަށް ފާޑުވިދާޅުވެ، ފެނަކަ ކޯޕަރޭޝަން ލިމެޓްޑްގެ ކުރީގެ ޑިރެކްޓަރ މުޢާޒް ޚަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެޑިއުކޭޝަން މިނިސްޓްރީން މިފަދަ ކަންތައްތަތައްކޮށް ބެލެނިވެރިންގެ ކެތްތެރިކަން ޓެސްޓް ކޮށްގެން ނުވާނެކަމަށެވެ. އަދި ރައީސް ޞޯލިޙް ވައުދުވެވަޑައިގެންނެވި "ނާސްތާ" ޕްރޮގްރާމާ މެދުގައި އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
WTF is this @EducationMV ? Don’t test the tolerance levels of maldivian parents like this. Is this really what @ibusolih meant by “Naasthaa Program” when he took over the office of @presidencymv ? Things are going a little bit out of hand here. #everything !! pic.twitter.com/9cQhF805gp
— MuazHaleem (@muazhalym) June 11, 2019
213 ސްކޫލެއްގައި 57817 ދަރިވަރަކަށް ނާސްތާ ދީ ސަރުކާރުން ވަނީ ރައީސް ޞޯލިޙް ވެވަޑައިގެންނެވި ރިޔާސީ ވައުދު މިއަދު ފުއްދާފައެވެ.




