ރ. އޭއިސީ ގެ ދަރިވަރުން މިއަދު ކްލާހުގައި. އެ ސްކޫލުގައި މިއަދުގެ އެސެމްބްލީ ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް | ފޮޓޯ: ރ. އޭއީސީ

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ސްކޫލް ތަކުގައި ކިޔެވުން އަލުން ފަށައިފި

ކޮވިޑް-19 އާއި ގުޅިގެން ސްކޫލް ތަކުގެ ކިޔެވެން ހުއްޓާލާފައި އޮތުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ސްކޫލް ތަކުގައި ކިޔެވުން މިއަދު އަލުން ފަށައިފި އެވެ.

ސްކޫލް ތަކުގެ ކިޔެވުން އަލުން ފަށާއިފައިވާއިރު ކުދިންނާއި މުވައްޒަފުންގެ ރައްކާތެރި ކަމަށްޓަކައި އަޅަންޖެހީ ފިޔަވަޅުތައް އިޑިއުކޭޝަން މިނިސްޓްރީގެ ލަފާގެ މަތިން ސްކޫލް ތަކުން ވަނީ އަޅާފައެވެ. އެގޮތުން ސްކޫލުގައި ހޭދަކުރާ ވަގުތު މަދުކޮށް، ކްލާސްރޫމްތަކުގައި ތިބޭ ކުދިންގެ އަދަދުވެސް މަދުކޮށް، ތިން ފޫޓު ދުރުގައި ތިބޭ ގޮތް ވަނީ ހަދައިފައެވެ.

ސްކޫލަށް ވަންނައިރު ދަރިވަރުންގެ ހުން ބަލައި ޗެކު ކުރާއިރު ބައެއް ސްކޫލް ތަކުގައި އެސެމްބްލީވެސް ބާއްވާފައިވަނީ އޮންލައިންކޮށެވެ. މިއަދު އަލުން ސްކޫލް ތަކުގައި ކިޔަވައިދޭން ފެށިއިރު މީގެ ކުރިން ސްކޫލް ތަކުންވަނީ އޮންލައިންކޮށް ދަރިވަރުންނަށް ކްލާސްތައް ނަގާފައެވެ.

މިއަދު ސްކޫލް ތަކުގައި އަލުން ކިޔަވައިދޭން ފެށިއިރު އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވަނީ މުޙްޔިއްދީން ސްކޫލްގެ ސެޝަން ފެށުނު ގަޑިއަށް، އެ ސްކޫލަށް ވަޑައިގެން އެ ސްކޫލްގެ ދަރިވަރުންނަށް ވަނީ މަރުޙަބާ ދަންނަވާފަ އެވެ. މިނިސްޓަރ ވިދާޅުވީ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި މުއައްޒަފުންނަށް ހިތާއީ ރޫޙުން ހޫނު މަރުހަބާއެއް ދަންނަވާ ކަމަށާއި ގިނަ ދުވަސްތަކަކަށް ފަހު، ބައްދަލުވާތީ ވަރަށް އުފާކުރާ ކަމަށެވެ. މިނިސްޓަރ ވަނީ ބައެއް އެހެން ސްކޫލް ތަކަށްވެސް މިއަދު ޒިޔާރަތް ކުރައްވައި ދަރިވަރުންނަށް މަރުޙަބާ ދަންނަވާފައެވެ.

ސްކޫލް ތަކުގައި އަލުން ކިޔަވައިދޭން ފަށާފައި މިވަނީ ހަތަރު މަހުގެ މެދު ކެނޑުމަކަށް ފަހުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ