އަރި އުތުރު ސްވިމިންގ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި

ފުލުހުން އިންތިޒާމުކޮށްގެން އަރިއުތުރު ސްވިމިންގ ޕްރޮގްރާމްގެ ނަމުގައި އއ. އަތޮޅުގައި ކުރިއަށް ގެންދާ ސްވިމިންގ ޕްރޮގްރާމްގެ ތެރެއިން ހިމަންދޫގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު މިމަހުގެ ދެވަނަ ދުވަހު ބާއްވައިފިއެވެ.

ހިމަންދޫގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އއ. އަތޮޅު ކައުންސިލް ރައީސް މުހައްމަދު ޝަފީގެވެ. ޝަރަފުވެރި މެހުމާނު ވަނީ ބައިވެރިން ދެއްކެވި ހިއްވަރު ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.

ފުލުހުން ވިދާޅުވި ގޮތިގައި މިއަހަރުގެ ޖަނަވަރީ14 އިން30 ގެ ނިޔަލަށް ހިމަންދޫ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި ޖުމްލަ105 ދަރިވަރަކު ބައިވެރިވި އިރު، އެކި ކެޓަގަރީތަކުން ފެތުމުގައި ބޭނުންކުރާ އުކުޅުތައް ދަސްކޮށްދެވުނެވެ.

އަރިއުތުރު ސްވިމިންގ ޕްރޮގްރާމަކީ އއ. އަތޮޅުގައި ދިރިއުޅޭ ހަތް އަހަރުން މަތީގެ ހުރިހާ ކުދިންނަކީ ފަތަން ދަންނަ ކުދިންނަށް ހެދުމާއި މޫދުގައި އުޅޭއިރުއާއި ކަނޑުމަތީގެ ހާދިސާއެއް ދިމާވެއްޖެނަމަ އެކަމުން ސަލާމަތްވުމަށް މަސައްކަތްކުރާނެގޮތް ކުދިންނަށް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމުގައި ފުލުހުން މަޢުލޫމާތު ދެއެވެ.

މި ޕްރޮގްރާމުގައި ދަރިވަރުންނަށް ފަތަން ދަސްކޮށްދީފައިވަނީ ކުޅިވަރުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހާސިލުކުރައްވާފައިވާ ސްވިމިން އިންސްޓްރަކްޓަރ ނައުފަލް މޫސާ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ