ވިނަރެސް ފްލެޓްތަކެއް - ފޮޓޯ: އެޗްޑީސީ

ފުލެޓަކުން އަންހެނަކު ރޯއަޑަށް ފުލުހުން ވަތްއިރު ޚަބަރުހުސްވެފައި

ހުޅުމާލެ ފޭސް ދެއެއްގެ ވިނަރެސް ފްލެޓެއްގެ ތެރެއިން އަންހެނަކު ރޯއަޑު އިވޭކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން ބެލިއިރު ޚަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 06:05 ހާއިރު ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން އެޓެންޑުވެ އެ ކޮޓަރީގެ ދޮރު ގަދަކަމުން ހުޅުވައި ބެލިއިރު "ޚަބަރު ހުސްވެފައި" އޮތް 21 އަހަރުގެ ދިވެހި އަންހެނަކު ފެނިފައިވާ ކަމަށެވެ.

މި ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ އެ އަންހެން ކުއްޖާގެ އާއިލާއިން ކަމަށާއި، ފުލުހުން އެތަނަށް ވަތްއިރު އެ ގޭގައު އާއިލާގެ މެންބަރުން ތިބި ކަމަށާއި، ނަމަބެސް އެ ކޮޓަރި ތެރޭގައި އެވަގުތު އިތުރު މީހަކު ނެތްކަމަށް ފުލުހުން ވިދާޅުވިއެވެ.

21 އަހަރުގެ މި އަންހެންމީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މި މައްސަލަ ދިވެހި ފުލުހުން ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ