ބީއެމްއެލްގެ ކާޑުތަކުން ކުރާ ވިޔަފާރިއަށް ބޮޑެތި ޑިސްކައުންޓްތަކެއް!

ބޮޑެތި ޑިސްކައުންޓްތަކާއެކު، ބޭންކް އޮފް މޯލްޑިވްސްއިން މިއަދު "ބީއެމްއެލް އޮފަރސް ޕޯޓަލް" ތައާރަފްކޮށްފިއެވެ.

ބީއެމްއެލް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް %25 އާ ހަމައަށް ޑިސްކައުންޓް ލިބޭ ގޮތަށް ތައާރަފްކުރި މި ޕްރޮގްރާމަކީ މަރޗެންޓުންނާ ގުޅިގެން އެ ބޭންކުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

 

"ބީއެމްއެލް އޮފަރސް ޕޯޓަލްގައި ލިސްޓު ކުރެވިފައިވާ ފިހާރަތަކުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބިގެންދާނެ." ބީއެމްއެލްއިން ވިދާޅުވިއެވެ.

ބީއެމްއެލްއިން ވިދާޅުވީ، ބީއެމްއެލް އޮފަރސް ޕޯޓަލްގައި ލިސްޓު ކުރެވިފައިވާ ވިޔަފާރިތަކުގެ ތެރޭގައި ރީޓެއިލް ފިހާރަތަކާއި، ރެސްޓޯރަންޓް، ފަރުނީޗަރު ފިހާރަތައް، ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކްސް ފިހާރަތަކުގެ އިތުރުން އިތުރު ގިނަ ފިހާރަތަކެއް ހިމެނޭ ކަމަށެވެ.

ބީއެމްއެލް އޮފަރ ޕޯޓަލްއާއި ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓްއިން ލިބޭނެ ކަމަށްވެސް އެ ބޭންކުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ