ސަމާލުވޭ، ވައިގަދަވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފި

މިހާރު ރާއްޖެއަށް ކުރަމުންގެންދާ ވިއްސާރައިގައި، މޫސުން ގޯސްވެ ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ކުރި ޓްވީޓެއްގައި ވިދާޅުވީ، މޫސުން ގޯސްވެ ކަނޑުގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް، ނ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައެވެ. މެޓް އޮފީހުން އެ ސަރަހައްދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 15:00 އިން ފެށިގެން މިރޭގެ 21:00 އާއި ހަމައަށެވެ.

މެޓް އޮފީހުން ވިދާޅުވީ، އެލާޓްވަގުތު ގަޑިއަކު 19 މޭލާއި24  މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށްއޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މެޓްއޮފީހުން ވިދާޅުވީ، މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއްް ރަށްތަކަށް ކެރީގެ އަސަރުފޯރާ ގުގުރި ނަމަވެސް ރާއްޖޭގެ މޫސުން ޢާންމުގޮތެއްގައި ރަނގަޅު ވާނެ ކަމަށެވެ.

"ވައިޖެހޭނީ އިރުއުތުރާއި އިރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި. އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައް މަޑު ވާނެ." މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ