ގއ.މާމެންދޫގައި ހިނގި މާރާމާރީއެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު މަރާލައިފިއެވެ.
ފުލުހުން ވިދާޅުވީ، މިރޭ 22:10 ހާއިރު ގއ. މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގާފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ދެމީހަކު ޒަހަމްކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
"ފަރުވާދެމުންދިޔަ 17 އަހަރުގެ ކުއްޖަކު ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ވަނީ ދާދި ދެންމެ މަޢުލޫމާތު ދެއްވާފައި." ފުލުހުން ވިދާޅުވިއެވެ.
މި މާރާމާރީގައި ނިޔާވެފައިވަނީ ގއ. މާމެންދޫ، ލިލީ އޮފް ދަ ވެލީ، އަޙްމަދު އުދައްޔުއެވެ.
އެއްބަނޑު ދެމީހުނ ޒަހަމްކޮށްލި މި މާރާމާރީގައި ނިޔާވި ކުއްޖާގެ ކަރާއި، ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާއިރު، ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.



