ފުލުހުންގެ މައި އިދާރާ - ފޮޓޯ: ފެށުން

އުދައްޔު މަރާލި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

ގއ.މާމެންދޫގައި ރޭ ހިނގި ގްރޫޕް މާރާމާރީއެއްގައި17 އަހަރުގެ ކުއްޖަކު މަރާލި މައްސަލައިގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ވިދާޅުވީ، މި މަރާމާރީއާއި ގުޅިގެން ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރާއި، 23 އަހަރު އަދި 18 އަހަރުގެ ތިން ދިވެހި ފިރިހެނުން ކަމަށެވެ.

މި މާރާމާރީގައި ނިޔާވެފައިވަނީ ގއ. މާމެންދޫ، ލިލީ އޮފް ދަ ވެލީ، އަޙްމަދު އުދައްޔުއެވެ.

އެއްބަނޑު ދެމީހުން ޒަހަމްކޮށްލި މި މާރާމާރީގައި ނިޔާވި ކުއްޖާގެ ކަރާއި، ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާއިރު، ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިލިޔުން ކިޔާލުމުން
13
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Moosa didi

    Thihen meehun ge lhadharin ehves haggakaa
    nulaa maraa meehun 30 dhuvahuge thereyga avas gothakah massala ninmaafa meri kamah saabithuvejje nama 3 month therey ga emeehunnah avas niyaa ivvaa maran hukum kohfi nama merumah govaalan..

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ