ޕޯސްޓްމޯޓަމް ހެދުމަށްފަހު އުދައްޔުގެ ހަށިގަަނޑު ރާއްޖެ ގެނެސްފި

ގއ. މާމެންދޫގައި ހިނގި މާރާމާރީއެއްގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލި އުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފިއެވެ.

އުދައްޔުގެ ޕޯސްޓްމޯޓަމް ހަދާފައިވަނީ އަވައްޓެރި އިންޑިއާގެ ޓްރީވިންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލްގައެވެ.

ފުލުހުން ވިދާޅުވީ، މާމެންދޫގައި ނިޔާވި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު، ހަށިގަނޑު މިއަދު މާލެ ގެނެސްފައިވާ ކަމަށެވެ.

އުދައްޔު މަރާލާފައިވަނީ މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައެވެ. އުދައްޔި މަރާލާފައި ވަނީ ފެބުރުވަރީ 8 ވަނަ ދުވަހުގެ ރެއެވެ. މިމާރާމާރީގައި އުދައްޔު މަރުވެފައިވާއިރު އުދައްޔުގެ ބޭބެއަށްވެސް އެމީހުން ވަނީ ތޫނުއެއްޗިހިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައެވެ.

އުދައްޔު މަރާލުމުގެ ކުރިން އެރަށުގައި އެ ދެ ގުރޫޕްގެ ދެމެދުގައި އެރޭ ވަނީ އިތުރު މާރާމާރީއެއްވެސް ހިނގާފައެވެ. ނަމަވެސް އެ މާރާމާރީގައި މީހަކަށް އަނިޔާ ވެފައިވާކަމެއް އެނގިފައެއް ނުވެއެވެ.

އުދައްޔު މަރާލާފައި ވަނީ އޭގެ ގާތްގަނޑަކަށް 45 ވަރަކަށް މިނިޓް ފަހުން އޭނާގެ ގެ ކައިރީގައެވެ. އުދައްޔު މަރާލާފައި ވަނީ ސައިކަލުގައި އައި ގުރޫޕުން ދަގަނޑު ބުރިއާއި ތޫނު އެއްޗެހިން ހަމަލާދީ އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ