އެމްޓީޑީގެ ލީޑަރ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާކުރުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދު ކަރެކްޝަނަލް ސާވިސް އިން ދީފިއެވެ.
ކަރެކްޝަންސް ސަރވިސް އިން ދާދި ދެންމެ ވިދާޅުވީ، އަދީބު ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ހުއްދަ ދީފައިވަނީ އެކަން އެގޮތަށް ކުރުމަށް މެޑިކަލް ބޯޑުން ލަފާދެއްވާފައިވާތީ ކަމަށެވެ.
"ކުރީގެ ނައިބުރައީސް އަޙްމަދު އަދީބް ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް މެޑިކަލް ބޯޑުން ލަފާދީފައިވާތީ އެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަނީދެވިފައި." ކަރެކްޝަންސް ސަރވިސް އިން ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގެ ހުއްދަ އަދީބަށް ދީފައި މިވަނީ އޭނާގެ މައްޗަށް ތިން މައްސަލައެއްގައި އިއްވާފައިވާ 33 އަހަރުގެ ޖަލު ހުކުމްވެސް ކޯޓުތަކުން ބާޠިލް ކޮށްފައި ވަނިކޮށެވެ.
އަދީބު ޖަލުގައި ހުންނެވިއިރު، އެކި ފަހަރުމަތިން އަދީބުގެ ޞިއްޙީ ހާލަތު ދަށްވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެނެސް ފަރުވާދީފައިވެއެވެ.



