އަޙްމަދު އަދީބު ޢަބްދުލްޣަފޫރު - ފޮޓޯ: މިހާރު

އދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމިޝަނުން އަދީބުއާއި ބައްދަލުކުރައްވައިފި

ކުރީގެ ނައިބުރައީސް އަދި މޯލްޑިވްސް ތާޑް-ވޭ ޑިމިކްރޭޓްސް (އެމްޓީޑީ) ގެ ރައީސް އަޙްމަދު އަދީބުއާއި، އދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމިޝަނުން ބައްދަލުކުރައްވައިފިއެވެ.

އޮފީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް (އޯއެޗްސީއެޗްއާރު) ގެ ވަފުދުން އަދީބުއާއި ބައްދަލުކުރައްވާފައިވަނީ އިއްޔެ އެވެ.

އެމްޓީޑީ އިން ވިދާޅުވެފައި ވަނީ މި ބައްދަލުވުމަކީ އެ ކޮމިޝަނުން ގެ އެދިލެއްވުމަކަށް ސަރުކާރުން އިންތިޒާމް ކޮށްދިން ބައްދަލުކުރެއްވުމަށް ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި އަދީބުގެ މައްޗަށް ދައުވާކޮށް މިހާރު ކުރިޔަށްދާ މައްސަލައާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި އިންސާނީ ހައްގުތަކާއި ގުޅޭގޮތުން ރާއްޖެއާއި ބައިނަލްއަގްވާމީ ގާނޫނުތަކާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައިވެއެވެ.

މީގެ ކުރިންވެސް އދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމިޝަނުން އަދީބުއާއި ވަނީ ބައްދަލުކުރައްވާފައެވެ.

ކުރީގެ ރައީސް ޔާޟިންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ޚޔާނާތުގެ މައްސަލާގައި އޭރު އަދީބުގެ މައްޗަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް ފަހުން ވަނީ އެ ހުކުމް ބާޠިލް ކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މިހާރުވެސް އަދީބުގެ މައްޗަށް ވަނީ 7 ދަޢުވާއެއް އުފުލާފައެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ