ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ

'އުދައްޔުގެ މަރަށް އިންސާފުހޯދަން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ'

އުދައްޔުގެ މަރަށް އިންސާފުހޯދަން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ދިވެހި ފުލުހުން އަޅާނެކަމުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ގއ. މާމެންދޫގައި ރޭ ހިނގި ގުރޫޕް މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ އުމުން 17 އަހަރުގެ އުދައްޔު މަރާލާފައިިވާއިރު، އުދައްޔުގެ މަރާ ގުޅިގެން 3 މީހަކު ފުލުހުން މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.

އުދައްޔުގެ މަރާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ ޙައްޤަކާއި ނުލާ ފުރާނައެއް ނަގާލުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށާއި އަދި އެއީ ކުށެއްކަމަށެވެ. ދިވެހިރާއްޖޭގެ ފަސްގަނޑުގައި މިފަދަ ޖަރީމާތައް ހިންގުމަކީ ސަރުކާރުން ތަހައްމަލް ކުރާނެ ކަމެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މި މާރާމާރީގައި އުދައްޔުގެ ބޭބެ ފިރުޝާން ޒާހިރުއަށްވެސް ވަނީ ތޫނުއެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ އިމްރާން ވިދާޅުވީ އުދައްޔުގެ މަރަށް އިންސާފު ހޯދުމަށް ދިވެހި ފުލުހުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެކަމަށެވެ.

މި މައްސަލަ ތަޙްޤީޤު ކުރުމަށް ފުލުހުންގެ ޚާއްސަ ޓީމެއް މިހާރު ވަނީ މާމެންދޫއަށް ގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ