ފޮޓޯ: ސަން އޮންލައިން

މާލެއިން ކަރަންޓު ކެނޑިއްޖެ

ވެރިރަށް މާލެއިން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ، ކަރަންޓު ކެނޑިފައިވަނީ އަމީނީމަގު ސިނަމާލެ ފްލެޓް ސަރަހައްދުންކަމަށެވެ. އެސަރަޙައްދުން ކަރަންޓު ކެނޑިފައިވަނީ އެ ސަރަހައްދުގައި އަޅާފައިވާ ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވުމާއި ގުޅިގެންނެވެ.

ކޭބަލް ރަނގަޅު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

ސްޓެލްކޯއިން ވިދާޅުވީ، ކޭބަލް ރަނގަޅުކޮށް އަލުން ކަރަންޓު ދެވޭނީ ގާތްގަނޑަކަށް 45 ވަރަކަށް މިނަޓް ފަހުންކަމަށެވެ.

އަދި މިދަނޑިވަޅުގައި ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިންވަނީ މަޢާފަށް އެދިފައެވެ.

މީގެކުރިން މާލޭގެ ސަރަޙައްދުތަކުން ކަރަންޓް ދިއުމުގެ މައްސަލަ ވަރަށް ބޮޑުނަމަވެސް މިފަހަކަށް މާލެއިން ކަރަންޓް ދިއުން ވަރަށް މަދުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ