ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފްިވާ މަގު ހެދުމުގެ މަޝްރޫޢުތަކުގެ ޑިޒައިނަށް ބަދަލުގެނެސްގެން ކުރިއަށް ގެރންދިއުމަށް އެކުންފުނިން ނިންމައިފިއެވެ.
އެމްޓީސީސީ އިން ވިދާޅުވީ، މިގޮތަށް މިނިންމެވުން ނިންމެވީ މިފަދަ މަޝްރޫޢުތަށް މީގެކުރިން ހިންގުމުގައި ލިބުނު ތަޖުރިބާއަށް ބަލާ މަޝްރޫޢުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކަމަށެވެ.
"މި މަޝްރުޢުތަކުގެ ޑިޒައިނަށް ގެންނަށްޖެހޭ ބަދަލުތައް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަ ކްޗަރާއި މަޝްވަރާކުރެވިގެން މިހާރު ދަނީ ގެނެވެމުން." އެމްޓީސީސީއިން ވިދާޅުވިއެވެ.
ޑިޒައިނަށް ބަދަލުގެނެސްގެން ކުރިއަށް ގެންދިއުމަށް ނިންމާފާއިވާ މަޝްރޫޢުތައް:

ޑިޒައިނަށް ގެންނެވި މައިގަނޑު ބަދަލަކީ ވެއްޔާއި ސިމެންތި ބޭނުންކޮށްގެން އެޅޭ ބޭސް ކޯސް ފަށަލައިގެ ބަދަލުގައި ހިލަ ބޭސް ކޯސް ފަށަލައަކަށް ބަދަލު ކުރުން ކަމަށްވެސް އެމްޓީސީސީއިން ވިދާޅުވިއެވެ.
ހަތް ރަށެއްގެ މަގުތައް ނިންމުމުގެ މަސައްކަތް އެމްޓީސީސީއިން ފަށަން ތައްޔާރުވިއިރު، ރައީސް ޞޯލިޙް ވަނީ މަގުތަށް ތަރައްޤީކުރުމަށް އާރުޑީސީ ގެ ނަމުގައި ސަރުކާރު ކުންފުންޏެއްވެސް އުފައްދަވާފައެވެ.