ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް | ފޮޓޯ: ސަން

ލީގު ހުއްޓިފައި އޮތުމުން ބޮޑެތި ގެއްލުންތަކެއް ވާނެ: މަހްލޫފް

ގައުމީ ދިވެހި ލީގު ހުއްޓިފައި އޮތުމަކީ އެކި ގޮތްގޮތުން ބޮޑެތި ގެއްލުންތަކެއް ކްލަބް ތަކަށާއި އަދި ކުޅުންތެރިންނަށް ލިބޭކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ކޯސްވެސް ކޮވިޑް ކޭސްތައް އަލުން އިތުރުވުމާއެކު، އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅިތައް ހަރުކަށިކުރުމުގެ ތެރެއިން، ދިވެހި ޕްރިމިއާ ލީގު ކުރިއަށް ގެންދަން ހުއްދަ ނުލިބުމުން ލީގު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ކަން އެފްއޭއެމުން ވަނީ ހާމަކޮށްފައެވެ. އެއާއެކު މިކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ކުލަބުތަކުން ވަނީ ސަރުކާރަށާއި އެޗްޕީއޭ އަށް ދަންނަވާފައެވެ.

މިކަމާއި ގުޅިގެން މަހްލޫފް ވިދާޅުވީ، ކްލަބް ތަކުން ކަންބޮޑުވާ ފަދައިން އެމަނިކުފާނުގެ ކަންބޮޑުވުންވެސް އެބައޮތްކަމަށެވެ.

"މިކަމަށް ހައްލެއް ހޯދަން މިނިސްޓޤރީން ކުރަންޖެހެ މަސައްކަތް މިދަނީ ކުރަމުން" މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

ކުލަބުތަކުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްފައި ފުޓުބޯޅައަށް މިހާރު ދިމާވެފައި ދަތިތަކާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވެއެވެ. އެގޮތުން މިހާރު މިއޮތް ހާލަތުން އަރައިގަނެވޭނީ އެޗްޕީއޭއިން ކުލަބުތަކަށް ތާރީހެއް ދީގެން ކަމަށް ބުނެފައިވެއެވެ. އަދި މީގެ އިތުރުން، މިކަމަށް އަލިމަގެއް ނުލިބުމަކީ ކުލަބުތައް ބެންކްރަޕްޓްވާ ހިސާބަށް ގޮސްދާނެ ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ