ރައީސް މައުމޫންގެ ދެކަނބަލުންވެސް ވެކްސިން ޖައްސަވައިފި

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްޙޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމްގެ ދެކަނބަލުންވެސް ވެކްސިން ޖައްސަވައިފިއެވެ.

އެ ދެކަނބަލުން ވެކްސިން ޖަހާ މަންޒަރު ފެންނަ ފޮޓޯއާއި އެކު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސެނަހިޔާ ހޮސްޕިޓަލުން އެބޭފުޅާ އާއި ނަސްރީނާ، ކޮވިޑް ވެކްސިން ޖައްސަވާފައިވާ ކަމަށެވެ. އަދި ކޮވިޑް-19 އިން އެންމެންނަށްވެސް ރައްކާތެރިކަން އެދިވަޑައި ގަންނަވާ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން ކޮވިޑް ވެކްސިން ޖައްސަވާފައިވާއިރު، އެބޭފުޅާ މީގެ ކުރިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މައުމޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށައިފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖެއިން މިވަގުތު ޖަހަމުން އަންނަނީ އިންޑިއާއިން ހިލޭ އެހީގެދަށުން ހަދިޔާކުރި އޮކްސްފޯޑް-އެސްޓްރާޒެނަކާގެ ކޮވިޝީލްޑް ވެކްސިނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ