އޮކްސްފޯޑް/އެސްޓްރަޒެނެކާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ޑަބްލިޔުއެޗްއޯ އިން ދީފި

ޔުނިވާސިޓީ އޮފް އޮކްސްފޯޑް އަދި އެސްޓްރަޒެނެކާ ކުންފުނިން ކޮވިޑް-19 އާއި ދެކޮޅަށް އުފެއްދި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ ޑަބުލިޔުއެޗްއޯ އިން ދީފިއެވެ.

ކޮވިޑް-19ގެ ބަޔެއް ވޭރިއެންޓް ތަކަށް މި ވެކްސިން އެހާ ކާމިޔާބު ނޫން ނަމަވެސް އަދި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް މި ވެކްސިން ދިނުމަށް ބަޔެއް ގައުމުތަކުން ދެކޮޅު ހަދަމުން ދިޔަނަމަވެސް ޑަބުލިޔުއެޗްއޯ އިންވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް މި ވެކްސިން ދިނުން ރައްކާތެރިކަމަށް ކަނޑައަޅައިފައެވެ.

އޮކްސްފޯޑް ވެކްސިން ފާހަގަ ކޮށްލެވެނީ ގިނަ އަދަދަކަށް ފަސޭހަކަމާއެކު އުފެއްދޭ، އަގު ހެޔޮ، އަދި ފަސޭހަކަމާއެކު ސްޓޯރ ކޮށްފައި ބެހެއްޓޭ ވެކްސިނެއްގެ ގޮތުގައެވެ. މިހެން ކަމުން ގިނަ ގައުމުތަކަކުން މިހާރުވެސް އައްނަނީ މި ވެކްސިން ބޭނުން ކުރަމުންނެވެ.

މި ވެކްސިންގެ ދެ ޑޯޒް ހުއްނައިރު މި ދެ ޑޯޒްގެ ދެމެދު 8-12 ހަފުތާގެ މުއްދަތެއް ބެހެއްޓުމުން ވެކްސިން މަސައްކަތްކުރާ މިންވަރު ކާމިޔާބު ވެގެން ދާކަމަށް ހޯދުންތަކުން ދައްކައެވެ.

ރާއްޖޭގައި ޖަހާ "ކޮވިޝީލްޑް" ވެކްސިނަކީ ވެސް އޮކްސްފޯޑް/އެސްޓްރަޒެނެކާގެ ވެކްސިނެވެ. އެއީ އިންޑިއާގެ ސީރަމް އިންސްޓިއުޓްގައި އުފައްދައި މާކެޓްކުރާ ނަމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ