މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބޯޑު - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

6 ރަށެއްގައި 71 ކުލާސްރޫމް އަޅަން ނިންމައިފި

އަތޮޅު ތެރޭގެ އެކިރަށްރަށުގައި ގިނަ އަދަދެއްގެ ކުލާސްރޫމްތަކާއި މަލްޓިޕަރޕަސް ހޯލް އިމާރްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާނުކޮށްފިއެވެ.

އެގޮތުން 6 ރަށެއްގައި ޖުމަލް 71 ކުލާސްރޫމް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބައެއް ރަށްރަށުގައި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތާއި އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމި ހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްވެސް އެމިނިސްޓްރީން ވަނީ ހުށައަޅާފައެވެ.

ފިނޭންސް މިނިސްޓްރީން އިޢުލާނުކޮށްފައިވާ ރަށްތަކަކީ:

  • ސ. ހިތަދޫ ޝަރަފުއްދީން ސްކޫލްގައި 18 ކްލާސްރޫމް އިމާރާތްކޮށްދިނުމުގެ މަސައްކަތް، ބިޑް ސެކިޔުރިޓީ 100,000.00 ރުފިޔާ
  • ތ. ބުރުނީ ސްކޫލްގައި 6 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް، ބިޑް ސެކިޔުރިޓީ 30,000.00 ރުފިޔާ
  • ފުވައްމުލައް ސިޓީ - މުޙައްމަދު ޖަމާލުއްދީން ސްކޫލްގައި 16 ކްލާސްރޫމާއި ކޮމްޕިއުޓަރ ލެބް އިމާރާތުގެ މަސައްކަތް، ބިޑް ސެކިޔުރިޓީ 85,000.00 ރުފިޔާ
  • ފުވައްމުލަކު ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް- ފުވައްމުލައް ސިޓީ، ބިޑް ސެކިޔުރިޓީ 50,000.00 ރުފިޔާ
  • ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 12 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް- ލ. ފޮނަދޫ، ބިޑް ސެކިޔުރިޓީ 60,000.00 ރުފިޔާ
  • ތ. ގާދިއްފުށީ ސްކޫލުގައި 10 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް، ބިޑް ސެކިޔުރިޓީ 50,000.00 ރުފިޔާ
  • ލ. މާވަށު ސްކޫލުގައި 09 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް، ބިޑް ސެކިޔުރިޓީ 45,000.00 ރުފިޔާ
  • ތ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމި ހުރި މަސައްކަތް- ތ. ގުރައިދޫ، ބިޑް ސެކިޔުރިޓީ 30,000.00 ރުފިޔާ
  • ތ. ވޭމަންޑޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމި ހުރި މަސައްކަތް، ބިޑް ސެކިޔުރިޓީ 30,000.00 ރުފިޔާ
  • ވ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމި ހުރި މަސައްކަތް- ވ. ފެލިދޫ، ބިޑް ސެކިޔުރިޓީ 28,000.00 ރުފިޔާ
  • ވ. ކެޔޮދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމި ހުރި މަސައްކަތް، ބިޑް ސެކިޔުރިޓީ 28,000.00 ރުފިޔާ

ފިނޭން މިނިސްޓްރީން ކޮށްފައިވާ އިޢުލާހުގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށާއި، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާކަމަށެވެ.

މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. ރާއްޖެއިން ބޭރު ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު"ގައި މި މަރުހަލާގައި ރަޖިސްޓްރީ ވާކަން ނުޖެހޭނެއެވެ. ނަމަވެސް، ރާއްޖޭން ބޭރު ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިއުންތައް ބީލަމާއެކު ހުށަހަޅަން ޖެހޭނެއެވެ.

"ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދާ"އި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާނެކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެއްކަމުގައި ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެމިނިސްޓްރީން ވިދާޅުވީ މި މަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންކަމަށެވެ.

މި މަސައްކަތްތަކުން ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.

ބީލަން ހުޅުވުން އޮންނާނީ 8 މާރިޗު 2120 ވާ ހޯމަ ދުވަހުގެ 10:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ