ފަތުރުވެރިކަމުގެ ސިނާއަތުގެ މަތީ މަޤާމުތަކަށް ( މެނޭޖްމަންޓް ލެވެލަށް ) ދެވޭނެ މަގު ފަހިކޮށްދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.
ޓޫރިޒަމް އިންޑަސްޓްރީގައި މީހުން ބިނާކުރުމުގެ ގޮތުން ސޮއިކުރި މިފަހުމުނާމާގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މައުޞޫމެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓގެ ފަރާތުން ސޮއިކުރެއްވީ އެޔުނިވަރސިޓީގެ ވައިސް ޗާންސެލަރ. ޑރ. މުޙައްމަދު ޝަރީފެވެ.
މިރަސްމިއްޔާތުގައި ޔުނިވަރިސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީގެ ޑީން އަލްފާޟިލާ ޒީނަތު ޞާލިޙު ބައިވެރިވެވަޑައިގެންނވިއެވެ.
މި ފަހުމުނާމާގެ ދަށުން ޔުނިވަރސިޓީގެ އެކެޑެމިކް ޕްރޮގްރާމްތަކާ ކޯސްތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކުން މީހުން ތަމްރީނުކޮށްދިނުމަށް މިނިސްޓްރީ އިން ޔުނިވަރސިޓީގައި އެދުމުން އެކަމަށް ޔުނިވަރިސޓީއިން މަގު ފަހިކޮށްދީ ޖާގަ ހަމަޖައްސައިދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދެމެދުވަނީ މިއަދު އެއްބަސްވެވިފައެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިފަހުމުނާމާގައި ސޮއިކުރުމުގެ މައިގަނޑު މަޤްސަޞަދަކީ ޓޫރިޒަމް ސިނާޢަތުގައި ދިވެހި މަސައްކަތްތެރިން އިތުރުކުރުމާއި މިދާއިރާގައި މަސައްކަތްކުރާ ދިވެހިން އަދާކުރާ ހިތްވާކަހަލަ ވަޒީފާތަށް ހޯދައިދިނުމަށް މަގުފަހިކޮށްދީ މިދާއިރާއިން އިތުރަށް ކިޔެވުމުގެ ފުރުޞަތު ހޯދައިނުމުގެ ގޮތުންނާއި ގިނަ ދެވެހީންތަކަކަށް ފަތުރުވެރިކަމުގެ ސިނާއަތުގެ މަތީ މަޤާމުތަކަށް ( މެނޭޖްމަންޓް ލެވެލަށް ) ދެވޭނެ މަގު ފަހިކޮށްދިނުންކަމަށެވެ.




ހިޔާލު
Aharemenlavva nubai echcheh kiyuvvantha thiulhenee? Kaley heekuree beyrumeehun mathee magaamuga ethibenee maamolhah kiyavaigenkamtha? Theehama seedhaa dhekkuntherikan