މިއީ ކޮވިޑް-19 ގެ އެންމެ ނުރައްކާ ރަޅު ކަމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ޑރ. ނަޒްލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖެއަށް މިހާރު ކުރިމަތިވެފައި މިވާ ހާލަތަކީ ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތުކަމަށާއި، އެގޮތުން މިއީ މިހާތަނަށް އައި ކޮވިޑްގެ އެންމެ ބިޔަރާޅުކަމަށެވެ. އަދި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދުވެސް ކަންބޮޑުވާން މިންވަރަށް ގިނަ ވެފައިވާކަން ފާހަގަ ކުރައްވައި ޑރ. ނަޒްލާ ވިދާޅުވެފައި ވަނީ ހޮސްޕިޓަލުތަކުގައި ބާކީ ހުރީ މަދު އެނދުތަކެއްކަމަށާއި އަޅުގަނޑުމެންގެ ހާލަތު މިވަނީ ވަރަށް ކްރިޓިކަލްގައި ކަމަށެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވެފައި ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރިހާ ފަރާތްތަކަކުންވެސް ދެއްވާފައިވާ އިތުޝާދުތަކަށް ތަބާވުމަށް ގޮވާލައްވާފައެވެ.
އެގޮތުން ސައިބޯނިލައިގެން އަތް ދޮވުމަށާއި، މާސްކް އެޅުމަށާއި، ގައިދުރުކޮށް 3 ފޫޓް ބެހެއްޓުމަށާއި، ވީހާވެސް ގިނަ ވަގުތަކު ގޭގައި މަޑު ކުރުމުގެ އިތުރުން ބަބުލް ކުޑަކުރުމަށް ޑރ. ނަޒްލާ ވަނީ އިރުޝާދު ދެއްވާފައެވެ.
I can tell you with absolute certainty that this is the worst wave of Covid19 infections we have had. With hospitalisations alarmingly high & a handful beds remaining, our state is critical.
I once again implore you to help us control this virus. It is now or never.
— Nazla Rafeeg (@nazla_r) February 12, 2021
ރާއްޖޭގައި މިހާތަނަށް 17،387 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެެވެ. ކޮވިޑް-19 ފެތުރުން ވަޑު ޖެހިފައި އޮތުމަށްފަހު އަނެއްކާވެސް މިވަނީ މި ބަލި ވަރަށް ބޮޑަށް ފެތުރެން ފަށާފައެވެ.
ކުރިން މި ބަލި ފެތުރިފައި ވަނީ މާލެ ސަރަހައްދުގައި ކަމަށްވިޔަސް މިހާރު އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި މިބަލި ވަނީ މުޖުތަމަޢުތެރޭގައި ފެތުރިފައެވެ.
ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައްވެެސް މިހާރު ވަނީ އަނެއްކާ އިތުރަށް ވަރުގަދަކޮށް، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މާސްކް އެޅުންވެސް މަޖުބޫރު ކޮށްފައެވެ.





4 Responses
މިކިޔާބަލަ ލިޔުންތެރިޔާ
ރާއްޖޭގައި މިހާތަނަށް 17،387 މީހަކު ވަނީ ކޮވިޑް-19 އަށް
ޕޮޒިޓިވް ވެފައެެވެ. ކޮވިޑް-19 ފެތުރުން ވަޑު ޖެހިފައި އޮތުމަށްފަހު
ވަރަށް ރަގަނޅު ވާނެ އަދި އެފަހަރު މި ނޫސް ކިޔާލަން ލިޔުނުފަރާތުން
Saabas enthuthah furenee veehyaa mihaaru thioh kaafiu gadithakah badhalugenes ehkohnhulhuvaalaa raanje mulhi dhuneyein meehun raahjegenas freedon kohlaa dhen majileehuge hurihaa prefesanalun nah kovid konturolkohlan havaal kihlaafa HPA teem resteh nagaa thee haasvaan jehey kamehnoon majilees athuga ebaoth baaru koviduves vaguthun mulhidhuniyein fohelaane baaraa ihmuves majilees ga eboth ehenveema alun raahje ithurah hulhuvaalaa
ހާދަ ޒާތީ އޭ ދޯ އެލެކްސް ރޯނުއެދުރުމެން. ދެން ހަޖަމު ކޮށްލައިގެން ތިބެބަލަ. ގޭގަ ތިބޭތި. ގިނައިން އަތްދޮންނަށް ހަނދާން ކުރައްޗޭ އިނގޭ!