ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ޒުވާނުންގެ މެދުގައި ކުރު ވީޑިއޯތައް ތައްޔާރުކުރުމުގައި މަޤުބޫލްކަށް ލިބިފައިވާ ޓިކްޓޮކްގައި އެކަައުންޓެއް ހުޅުވައިފިއެވެ.
އެޗްޕީއޭއިން ބުނީ، އެއެޖެންސީން ޓިކްޓޮކްގައި ޙަރަކާތްތެރިވާން ނިންމާފައިމިވަނީ، ކޮވިޑާއި ގުޅޭ ތަފާތު މަޢުލޫމާތުތައް ވީހާވެސް ގިނަ ފަރާތްތަކާއި ޙިއްސާކުރުމުގެ ގޮތުންކަމަށެވެ.
https://www.facebook.com/HPAmv/photos/a.325468444249765/2209470172516240/?type=3
އެޗްޕީއޭއިން ޓިކްޓިކްގައި ޙަރަކާތްތެރިވާން ފަށާފައިވާއިރު، ރައްޔިތުންގެ މަޖިލީހުންވެސްވަނީ ދާދިފަހުން ޓިކްޓޮކްގައި ޙަރަކާތްތެރިވާން ފަށާފައެވެ. އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޓިކްޓޮކް މެދުވެރިކޮށް ދިވެހި ޒުވާނުންނަށް ރައްޔިތުންގެ މަޖިލީހުން ކުރަނީ ކޮން މަސައްކަތްތަކެއް ކަން އެނގިގެން ދާނެ ކަމަށެވެ.
މިހާތަނަށް އެޗްޕީއޭގެ ޓިކްޓޮކްގައި އެއް ވީޑިއޯ ޙިއްސާކޮށްފައިވާއިރު، 66 ލައިކްވަނީ ލިބިފައެވެ. އަދި މިހާރުވެސް 376 މީހަކު އެއައިޑީ ފޯލޯކުރަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.
https://feshun.wonstasite.com/110405



