އޮކްސްފޯޑް/އެސްޓްރަޒެނެކާ ކޮވިޑް-19 ވެކްސިން ކުޑަކުދިންނަށް ދިނުމަށް ރައްކާތެރިތޯ ޓެސްޓު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިމަހުގެ ފަހުކޮޅު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޓެސްޓު ބުރުގައި އުމުރުން ހަ އަހަރާއި 17 އަހަރާއި ދެމެދުގެ 300 ވޮލެންޓިއަރ ކުދިންނަށް މި ވެކްސިން ދިނުމަށްވަނީ ހަމަޖެހިފައެވެ.
މިވަގުތު އޮކްސްފޯޑް/އެސްޓްރަޒެނެކާ ވެކްސިން ހަމައެކަނި ދެނީ އުމުރުން 18 އަހަރުންމަތީގެ ފަރާތްތަކަށެވެ. 18 އަހަރުން ދަށުގެ ފަރާތްތަކަށް މިހާތަނަށް މި ވެކްސިން ނުދީވަނީ ވެކްސިން މި އުމުރުފުރާއަށް އަދި ޓެސްޓު ނުކުރެވި ވާތީއެވެ.
އޮކްސްފޯޑް/އެސްޓްރަޒެނެކާ ވެކްސިނަކީ މިހާރުވެސް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ދޭ ފައިޒާ ވެކްސިން ފިޔަވައި އެންމެ ކާމިޔާބު އެއް ވެކްސިނެވެ. ފައިޒާ ވެކްސިނާއި ހިލާފަށް އޮކްސްފޯޑް/އެސްޓްރަޒެނެކާ ވެކްސިނަކީ އެއްތަނުން އަނެއްތަނަށް އުފުލަން ފަސޭހަ، އަގުވެސް ހެޔޮ ވެކްސިނެކެވެ.



