ނިއުޒިލެންޑްގެ އެންމެ އާބާދީ ބޮޑު އެއް ސިޓީ ކަމުގައިވާ އައުކްލޭންޑް ސިޓީއިން ކޮވިޑް-19 ގައި އިތުރު 3 ކޭސް ފެނުމާއެކު ތިން ދުވަހަަށް އެ ސިޓީ ލޮކްޑައުންކޮށްފިއެވެ.
ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާރޑާން މި ސިޓީ 3 ދުވަހަށް ލޮކްޑައުންކޮށްފައިވާކަން އިއުލާންކުރީ މިއަދުއެވެ.
އާރޑާން ވިދާޅުވި ގޮތުގައި، މި ލޮކްޑައުންގައި އެންމެންވެސް ގޭގައި ތިބުމަށް މަޖުބޫރުވާނެކަމަށެވެ. އަދި ގެއިން ބޭރަށް ނުކުމެވޭނީ ހަމައެކަނި ޒަރޫރީ ބޭނުމަކަށް ކަމަށް ބޮޑު ވަޒީރު ވިދާޅުވިއެވެ.
ނިއުޒިލެންޑް އިން ކޮވިޑް-19 ގެ އާ ކޭސްތަކެއް ނުފެންނަތާ ގިނަ މަސްތަކެއް ވެފައިވާއިރު، މި ޤައުމަކީ ކޮވިޑް-19 އެންމެ އަވަހަށް ކޮންޓްރޯލު ކުރި އެއް ގައުމެއެވެ. އަދި ކޮންޓްރޯލުކޮށް ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އެ ގައުމުން އަންނަނީ ކޮވިޑް-19 ގެ ހަރުކަށި އުސޫލުތައް ޤާއިމްކުރަމުންނެވެ.




