އަޝްފާގު ވެކްސިން ޖަހައިފި

ދިވެހި ޕްރިމިއާ ލީގު އަލުން ފަށަން ކުރާ މަސައްކަތުގެ ތެރެއިން ކްލަބްތަކުގެ ކުޅުންތެރިންނާއި ޓެކްނިކަލް ސްޓާފުން މިއަދު ވެކްސިން ޖަހަން ފަށައިފިއެވެ.

މިގޮތުން މިއަދުވަނީ އަލީ އަޝްފާގް (ދަގަނޑޭ)، އަކުރަމް އަބްދުލްގަނީ (އަކޫ)، މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ) އަދި މީގެއިތުރުންވެސް ގިނަ އަދަދެއްގެ ކުޅުންތެރިން ވެކްސިން ޖަހާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް މެދުކަނޑާލާފައިވާ ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފަށަން ކުރާ މަސައްކަތުގެތެރެއިން 8 ކުލަބުގެ ކުޅުންތެރިންނާއި ޓެކްނިކަލް ސްޓާފުންނަށް ވެކްސިން ދިނުމަށްވަނީ ހަމަޖެހިފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލީގު ފަށަން ކުރާ މަސައްކަތުގެ ތެރެއިން ކްލަބްތަކުގެ ކުޅުންތެރިންނާއި ޓެކްނިކަލް ސްޓާފުން މިއަދު ވެކްސިން ޖަހަން ފަށާނެ ކަމަށެވެ. ބަައްސާމް ވަނީ މި ފުރުސަތު ތަނަވަސްކޮށްދެއްވީތީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަށް ޝުކުރު އަދާކުރައްވައިފައެވެ.

ލީގުގައި ވާދަކުރާ ކުޅުންތެރިންގެ ގަޔަށް ވެކްސިން ޖަހަން ފަށައިފައި މިވަނީ ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅަ ހުއްޓިފައި މި އޮތް މުއްދަތުގެ ސަބަބުން ކުޅުންތެރިންނަށް ވާ ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށް އެދި ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރަން އެދި ސިޓީއެއް ފޮނުވައިފައި ވަނިކޮށްކަންވެސް ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ