ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނަށް ނެރުނު ވައިޓް އެލާރޓްގެ ވަގުތު ދިގު ދައްމާލައިފިއެވެ.
މެޓް އޮފީހުން ވައިޓް އެލާރޓް ނެރެފައިވަނީ ލ އަތޮޅުން އައްޑޫ ސިޓީއަށެވެ. . އެގޮތުން މިއަދު 06:00 ން މެންދުރު 12:00 އަށް ނެރެފައިވާ މިއެލާރޓްގައި މިސަރަޙައްދުތަކަށް ބޯކޮށް ވާރެވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށްވަނީ ބުނެފައެވެ.
ރޭ 8:00 އިން މިރޭ 8:00 އަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށިގެންވާކަމަށެވެ. މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށަށް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެންވާއިރު އުތުރު އަތޮޅުތަކަށް މޫސުން ޢާންމުގޮތެއްގައި ރަނގަޅު ވާނެކަމަށްވެސްވަނީ ބުނެފައެވެ.
Alert White extended. pic.twitter.com/XVU4L4jlDV
— Maldives Meteorology (@MetMaldives) February 16, 2021
އަދި ބުނީ، ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވާނެކަމަށެވެ.
ރާޅުގެ އުސްމިނުގައި 1 - 4 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭއިރު، ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުންވަނީ ބުނެފައެވެ.




