ގުރައިދޫގައި ޖަމާވެފައިވާ 1200 ޓަނުގެ ކުނި ވެމްކޯއިން ނައްތާލައިފި

ވެމްކޯއިން ކ. ގުރައިދޫގައި ކުރިޔަށް ގެންދިޔަ ގިނަދުވަސްވެފައިވާ ކުނި ސާފުކުރުމުގެ ޕްރޮޖެކްޓް ނިއްމާލައިފިއެވެ.

ރަށްރަށުގައި ހުރި ކުނި ނައްތާލަން ހިންގާ ޕްރޮގްރާމުގެ ދަށުން ވެމްކޯއިން ކ. ގުރައިދޫގައި މި މަސައްކަތް ފެށި މީގެ ފަސް ދުވަސް ކުރިންނެވެ. އެގޮތުން ވެމްކޯއިން ބުނީ، މި މަސައްކަތް 5 ދުވަސްތެރޭގައި ނިއްމާލެވިފައިވާ ކަމަށެވެ.

މިޕްރޮޖެކްޓްގެ ދަށުން އެރަށުން ވަނީ 1200 ޓަނުގެ ކުނި ބޭރުކޮށް، ކުނި ކޮށި ހުރި ސަރަހައްދު އެއްކޮށް ސާފުކުރެވިފައިކަމަށް ވެމްކޯއިން ބުންޏެވެ.

ކުނީގެ މައްސަލަ ބޮޑުވެފައިވާ 20 ރަށެއްގައި ޖަމާވެފައިވާ ކުނި ޕްރޮސެސްކޮށް ރަށުން ބޭރުކުރަންޖެހޭ ކުނި ބޭރުކުރުމުގެ މަސައްކަތް އެންވަޔރމެންޓް މިނިސްޓްރީން ވަނީ ވެމްކޯއާއި ހަވާލުކޮށްފައެވެ. 

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ