ޑރ. ނަޒްލާ ކޮވިޑް ވެކްސިން ޖައްސަވައިފި

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ކޮވިޑް-19 ވެކްސިން ޖައްސަވައިފިއެވެ.

ޑރ.ނަޒްލާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 އިން އަމިއްލަ ނަފްސް ރައްކާތެރިކުރުމަށާއި އަދި އާއިލާގައި ތިބި ހައި ރިސްކް މީހުންގެ ރައްކާތެރިކަމަށް ކޮވިޑް-19 ގެ ފުރަތަމަ ޑޯޒް ޖައްސަވައިފިކަމަށެވެ.

ނަޒްލާ އިތުރަށް ވިދާޅުވީ، މުޖުތަމައުގެ އެންމެންގެ ރައްކާތެރިކުރުމަށް ކޮންމެ ފަރުދެއްވެސް މުހިއްމު ރޯލެއް އަދާކުރާ ކަމަށެވެ.

ރާއްޖޭގައި ފަށައިފައިވާ ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގުރާމުގެ ދަށުން މުޅި ޖުމްލަ މިހާތަނަށް 43،817 މީހުން ކޮވިޑް ވެކްސިން ޖަހާފައިވެއެވެ. މީގެތެރެއިން މާލޭ އޭރިއާގައި ވެކްސިން ޖެހި މީހުންގެ އަދަދަކީ 35،289 އެވެ. އަދި އަތޮޅުތެރޭ ރައްތަކުން ވެކްސިން ޖެހި މީހުންގެ އަދަދަކީ 8،429 އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ބިރުބޮޑު

    ސަރުކާރުގެ މަތީފަންތީގެ މީހުންޖަހާނީ ފައިޒާ ވެކްސިން ވަރަށްސާފް އިނގޭތޯ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ