އިސްލާމީ މަރުކަޒު | ފޮޓޯ: މިހާރު

ކޮވިޑާއި ގުޅިގެން ހުކުރު ނަމާދުގެ ހުތުބާ އިތުރަށް ކުރުކޮށްފި

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުރެވޭ ހުކުރު ނަމާދުގެ ޚުތުބާ އިތުރަށް ކުރުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިކަން ހާމަކޮށް ވިދާޅުވީ، ހުކުރު ނަމާދުގެ ޚުތުބާ ކުރުކުރަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ކަމަށެވެ.

ނަމާދަށްދާ މީހުން ސަމާލުކަންދޭން ޖެހޭ މިންގަނޑުތައް:

1. ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިއުން

2. މުސައްކައެއް ގެންދިއުމާއި މާސްކު އެޅުން

3. މިސްކިތަށް ވަނުމުގައި އަދި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން

4. މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަރުން ފެށިގެން ފުރަމުން ގެންދިއުން

5. އަނެކާގެ މުސައްލަ މައްޗަށް ވާގޮތަށް މުސައްލަ ނޭޅުމާއި، އެމީހެއްގެ މުސައްލަ މަތީގައި އެމީހަކު ހުރުން

6. ރޯނގާ ޖެހިފައި، ނުވަތަ ކެއްސާނަމަ، ނުވަތަ ހުން އައިސްފައިވާނަމަ، މިސްކިތަށް ނުދިއުން

7. ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑުނުކުރުން

8. ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި އުމުރުން ދުވަސްވެފައިވާ މީހުން މިސްކިތަށް ނުދިއުން

9. މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަދާ އަތްޖޯޑުކޮށް ސަލާމްކުރުން ފަދަ ކަންކަމުން ދުރުހެލިވުން

10. މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުން

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ