ހިޔާ ފްލެޓުތަކުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާލައިފި

އެ ކުންފުނިންގ ބުނީ، ސަރުކާރުން ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ 7,000 ހައުސިންގ ޔުނިޓަށް ޚިދުމަތް ދިނުމަށް ބޭނުންވާ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މަސައްކަތް މޯލްޑިވިސް ވޯޓާރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ނިންމާލައިފިއެވެ.

އެކުންފުނިންގ ބުނީ، މިމަޝްރޫޢުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީ.އިން ނިންމާލާފައިވަނީ ތާވަލް ކޮށްފައިވާ މުއްދަތުގެ ކުރިންކަމަށެވެ.

ހިޔާ މަޝްރޫޢުގައި ހިމެނޭ 16 ޓަވަރުގެ، 7،000 ހައުސިންގ ޔުނިޓަށް، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންވާ، 3.7 ކިލޯމީޓަރުގެ ދިގު ފެނުގެ މައި ނެޓްވާރކް އާއި، 3.5 ކިލޯމީޓަރގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް އަދި 200 މީޓަރުގެ ދިގު ޕަމްޕިންގލައިން ވަނީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ޤާއިމް ކުރެވިފައެވެ.

މީގެ އިތުރުން 7،000 ހައުސިންގ ޔުނިޓް ހިމެނޭ ސަރަހައްދުގައި ނަރުދަމާގެ ޕަންޕިންސްޓޭޝަން ބަހައްޓައި، 16 ޓަވަރަށްވެސް ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅާދެވިފައެވެ. އަދި ހައުސިންގ ޔުނިޓް ތަކުގައި ބަހައްޓަންޖެހޭ ފެންމީޓަރު ތައްވެސް ވަނީ ބަހައްޓާ ނިމިފައެވެ

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ